ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/79
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 09 މާރިޗު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށް މަގު ބަންދުކުރުމާއި ގުޅޭ

ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ހަރަކާތެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްޓަކައި މާރިޗް މަހުގެ 25، 26، 29 އަދި 30 މިހަތަރު ދުވަހު މާލޭގެ ބޮޑެތި މަގުތައް ފިޔަވާ އެހެނިހެން މަގުތަކުގައި ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. އަދި މިހަރަކާތް ބޭއްވުމަށްއެދި ސިޓީ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

02 މާރިޗު 2022