ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2022/11
|
ތާރީޚް: 11 ޖަނަވަރީ 2022
|
މަޤާމު
|
ހައުސްކީޕަރ
|
ރޭންކް: އެސް.އެސް 1
|
ޢަދަދު
|
01
|
ސެކްޝަން: ޖެނެރަލް އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/3,100 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/1,550 (މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/1,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
ނޯޓް: ލިޔަންކިޔަން އެނގޭކަން ދަނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޓެސްޓު ކުރެވިގެންނެވެ.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- · ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ތީމުގޭ ގޯތިތެރެއާއި، މި ޑިޕާޓްމަންޓުން ބަލަހައްޓަމުން ގެންދާ އިމާރާތްތައް ކުނިކަހާ، ފޮޅައި މޮޕްލައި، ސާފުކުރުމުގެ މަސައްކަތްކުރުން.
- · ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކުގެ ހުރިހާ ފަންގިފިލާއެއްގައި ހުންނަ ބިއްލޫރިތައް ސާފުކުރުމުގެ މަސައްކަތްކުރުމާއި، ފުރާޅާއި، ދިޔަދޮއި ސާފުކުރުމުގެ މަސައްކަތްކުރުން.
- · ތީމުގޭގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހެދުން.
- · މި ޑިޕާޓްމަންޓުގެ ފަރާތުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރަންޖެހިއްޖެ ހާލަތެއްގައި ފަރުވާތެރިކަމާއެކު ހަވާލުކުރުން.
- · ޝަރުޢީ ދާއިރާއިން ބޭއްވޭ އެކިއެކި ހަފްލާތަކަށް ތަން ތައްޔާރުކުރުމާއި، ގޮނޑި ޖަހަން ޖެހިއްޖެނަމަ ގޮނޑި ޖަހައި، އެދި އެކަމެއް ނިމުމުން ގޮނޑިތައް ނެގުން ފަދަ މަސައްކަތްކުރުން.
- · ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓާ އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތްތައް ކުރުން.
- · ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓާ އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ބޭނުންވާ ކޯޓޭޝަންތައް ހޯދުމުގެ މަސައްކަތްކުރުން.
- · ކޮންމެ ދުވަހަކު ފާޙާނާތައް ދޮވެ ސާފުކުރުމާއި، އަދި ފާޙާނާތަކަށް ބޭނުންވާ ޓިޝޫއާއި، އެނޫންވެސް ތަކެތި ހަމައަށް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކޮށް ބެލުން.
- · ތީމުގެއާއި، ޖަސްޓިސް ބިލްޑިންގގެ ގޯތިތެރެ ކުނިކަހާ ސާފުކުރުމާއި، ތީމުގޭގެ ޕޫލް ސަރަހައްދު ފޮޅާ ސާފުކުރުން.
- · އޮފީހުގެ ބޭނުމަށް ގަންނަންޖެހޭ ތަކެއްޗާއި، ރަސްމީ ގަޑީގައި މުވައްޒަފުންނަށް ބޭނުންވާ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.
- · މި ޑިޕާޓްމަންޓުގެ މެސް ރޫމާއި، ކޮރިޑޯތައް ފޮޅާ ސާފުކޮށް، މޮޕްލުން.
- · ސްޓޮަކަށް ގެނެވޭ ތަކެތި ޕްރޮކިއުމަންޓް ސެކްޝަނުގެ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ސްޓޮކް ކުރުން.
- · އެކިއެކި ސެކްޝަންތަކަށް ނެގޭ ތަކެތި ޕްރޮކިއުމަންޓް ސެކްޝަނުގެ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ސެކްޝަންތަކާއި ހަވާލުކުރުން.
- · މިނޫނަސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގް ސެޓްފިކެޓްގެ ކޮޕީ.
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)
|
ސުންގަޑި
|
2022 ޖަނަވަރީ 19 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ލިބިފައިވާ ތަޢުލީމް
|
25%
|
މަސައްކަތު ތަޖުރިބާ
|
20%
|
އިންޓަރވިއު
|
55%
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- · މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
- ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން.
- އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
|