ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2022/11
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 19 ޖަނަވަރީ 2022 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައުސްކީޕަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2022/11 

ތާރީޚް:  11 ޖަނަވަރީ 2022

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

ޢަދަދު

01

ސެކްޝަން: ޖެނެރަލް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/3,100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/1,550 (މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/1,000
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދަނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޓެސްޓު ކުރެވިގެންނެވެ.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ·      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ތީމުގޭ ގޯތިތެރެއާއި، މި ޑިޕާޓްމަންޓުން ބަލަހައްޓަމުން ގެންދާ އިމާރާތްތައް ކުނިކަހާ، ފޮޅައި މޮޕްލައި، ސާފުކުރުމުގެ މަސައްކަތްކުރުން.
  • ·      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކުގެ ހުރިހާ ފަންގިފިލާއެއްގައި ހުންނަ ބިއްލޫރިތައް ސާފުކުރުމުގެ މަސައްކަތްކުރުމާއި، ފުރާޅާއި، ދިޔަދޮއި ސާފުކުރުމުގެ މަސައްކަތްކުރުން.
  • ·      ތީމުގޭގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހެދުން.
  • ·      މި ޑިޕާޓްމަންޓުގެ ފަރާތުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރަންޖެހިއްޖެ ހާލަތެއްގައި ފަރުވާތެރިކަމާއެކު ހަވާލުކުރުން.
    • ·      ޝަރުޢީ ދާއިރާއިން ބޭއްވޭ އެކިއެކި ހަފްލާތަކަށް ތަން ތައްޔާރުކުރުމާއި، ގޮނޑި ޖަހަން ޖެހިއްޖެނަމަ ގޮނޑި ޖަހައި، އެދި އެކަމެއް ނިމުމުން ގޮނޑިތައް ނެގުން ފަދަ މަސައްކަތްކުރުން.
    • ·      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓާ އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތްތައް ކުރުން.
    • ·      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓާ އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ބޭނުންވާ ކޯޓޭޝަންތައް ހޯދުމުގެ މަސައްކަތްކުރުން.
    • ·      ކޮންމެ ދުވަހަކު ފާޙާނާތައް ދޮވެ ސާފުކުރުމާއި، އަދި ފާޙާނާތަކަށް ބޭނުންވާ ޓިޝޫއާއި، އެނޫންވެސް ތަކެތި ހަމައަށް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކޮށް ބެލުން.
    • ·      ތީމުގެއާއި، ޖަސްޓިސް ބިލްޑިންގގެ ގޯތިތެރެ ކުނިކަހާ ސާފުކުރުމާއި، ތީމުގޭގެ ޕޫލް ސަރަހައްދު ފޮޅާ ސާފުކުރުން.
    • ·      އޮފީހުގެ ބޭނުމަށް ގަންނަންޖެހޭ ތަކެއްޗާއި، ރަސްމީ ގަޑީގައި މުވައްޒަފުންނަށް ބޭނުންވާ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.
    • ·      މި ޑިޕާޓްމަންޓުގެ މެސް ރޫމާއި، ކޮރިޑޯތައް ފޮޅާ ސާފުކޮށް، މޮޕްލުން.
    • ·      ސްޓޮަކަށް ގެނެވޭ ތަކެތި ޕްރޮކިއުމަންޓް ސެކްޝަނުގެ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ސްޓޮކް ކުރުން.
    • ·      އެކިއެކި ސެކްޝަންތަކަށް ނެގޭ ތަކެތި ޕްރޮކިއުމަންޓް ސެކްޝަނުގެ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ސެކްޝަންތަކާއި ހަވާލުކުރުން.
    • ·      މިނޫނަސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގް ސެޓްފިކެޓްގެ ކޮޕީ.
  6. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)

ސުންގަޑި

2022 ޖަނަވަރީ 19 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ލިބިފައިވާ ތަޢުލީމް

25%

މަސައްކަތު ތަޖުރިބާ

20%

އިންޓަރވިއު

55%

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
12 ޖަނަވަރީ 2022