ދިވެހިރާއްޖެ
އިޢުލާން
ޏ.ފުވައްމުލަކުގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ އިމާރާތުގެ ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތަކާއި، ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)23-AP/23/2021/172 (18 އޮގަސްޓް 2021) އިއުލާނާއި ގުޅިގެން ޝަރުތު ހަމަވާ ފަރާތެއް ނެތުމާއި ގުޅިގެން އެ އިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޑިސެމްބަރ 2021 ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަނެވޭނެ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
18 ރަބީޢުލްއައްވަލް 1443