ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-AP/23/2021/298
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 02 ޑިސެންބަރު 2021 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ އިމާރާތުގެ ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތަކާއި، ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)23-AP/23/2021/172 (18 އޮގަސްޓް 2021) އިއުލާނާއި ގުޅިގެން ޝަރުތު ހަމަވާ ފަރާތެއް ނެތުމާއި ގުޅިގެން އެ އިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.

                      އިޢުލާން

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން  02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޑިސެމްބަރ 2021 ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަނެވޭނެ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

18 ރަބީޢުލްއައްވަލް  1443

23 ނޮވެންބަރު 2021