|
މަޤާމް
|
މެނޭޖަރ ހިއުމަންރިސޯސް
|
އަސާސީ މުސާރަ
|
-/10,500 ރުފިޔާ
|
|
އެލަވަންސްތައް:
|
-/3,510 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އީ އެކްސް 4
|
ބޭނުންވާ ޢަދަދު:
|
01
|
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ހިއުމަންރިސޯސް ޑިޕާރޓްމަންޓް
|
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސްޢޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
ޕޭރޯލް މެނޭޖްމަންޓް
- ކޮންމެ މަހެއްގެ މުސާރަ އެމަހެއްގެ 22 ގެ ކުރިން ނިންމާ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން
- ކުއަރޓަލީ ޕޭރޯލް ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓް ހެޑަށް ފޮނުވުން
- ޕޭރޯލް ހެދުމުގައި ފާހަގަވާ ކަންކަން ޙައްލުކުރުމަށް ކާމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާ މަޝްވަރާކޮށްގެން ޙައްލުކުރުން.
ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް
- މުވައްޒަފުންގެ ޕާރފޯރމަން އެޕްރައިޒަލް އަށާއި އަދި ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންއަށް ބިނާކޮށް ޓްރޭނިންގ ނީޑް އެނާލިސިސް ހެދުން
- ޓްރޭނިންގ ރިކުއަރމަންޓް އަދި ޓްރޭނިންގ ބަޖެޓް ހެދުން.
- ޓްރޭނިންގ ނީޑް އެނަރލިސިސް އަށާއި ޓްރޭނިންގ ރިކުއަރމަންޓާ އެއްގޮތަށް ކުންފުނީގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ރާވާ ހިންގުން
- ޒަމާނީ ޓެކްނޮލޮޖީއާއި އެއްގޮތަށް ހިއުމަން ރިސޯސް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
ޕާރފޯރމަންސް މެނޭޖްމަންޓް
- މުވައްޒަފުންގެ ޕާރފޯމަންސް ދެނެގަތުމަށްޓަކައި ކޮންމެ 6 މަހަކުން ހަދަންޖެހޭ މަސައްކަތު ފެންވަރު ބެލުމުގެ ކަންކަން ރާވާ ހިންގުމާއި ސިޔާސަތުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މަސައްކަތު ފެންވަރުބެލުމުގެ އެންމެހައި ކަންކަން ރާވާ ހިންގުން.
- މުވައްޒަފުންގެ ޕަރފޯމަންސް އިތުރުކުރުމަށް ޕްރޮގްރާމްތައް ރޭވުމާއި، ގުޅުންހުރި އުސޫލްތަކަށް ގެންނަޖެހޭ ބަދަލުތައްގެނެސް ހިންގުމާއި ޕަރފޯމަންސް އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ބަލަހައްޓާ އެކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުން.
|
|
އިތުރު އެލަނަސްތައް
|
- އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
- ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|