ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2021/202
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 31 އޮކްޓޫބަރު 2021 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ހިއުމަންރިސޯސް

މަޤާމް :މެނޭޖަރ ހިއުމަންރިސޯސް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                    

މަޤާމް

މެނޭޖަރ ހިއުމަންރިސޯސް

އަސާސީ މުސާރަ

-/10,500 ރުފިޔާ

އެލަވަންސްތައް:

-/3,510 ރުފިޔާ

މަޤާމުގެ ރޭންކް

އީ އެކްސް 4

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަންރިސޯސް ޑިޕާރޓްމަންޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ޕޭރޯލް މެނޭޖްމަންޓް

  • ކޮންމެ މަހެއްގެ މުސާރަ އެމަހެއްގެ 22 ގެ ކުރިން ނިންމާ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން
  • ކުއަރޓަލީ ޕޭރޯލް ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓް ހެޑަށް ފޮނުވުން
  • ޕޭރޯލް ހެދުމުގައި ފާހަގަވާ ކަންކަން ޙައްލުކުރުމަށް ކާމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާ މަޝްވަރާކޮށްގެން ޙައްލުކުރުން.

ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް

  • މުވައްޒަފުންގެ ޕާރފޯރމަން އެޕްރައިޒަލް އަށާއި އަދި ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންއަށް ބިނާކޮށް ޓްރޭނިންގ ނީޑް އެނާލިސިސް ހެދުން
  • ޓްރޭނިންގ ރިކުއަރމަންޓް އަދި ޓްރޭނިންގ ބަޖެޓް ހެދުން.
  • ޓްރޭނިންގ ނީޑް އެނަރލިސިސް އަށާއި ޓްރޭނިންގ ރިކުއަރމަންޓާ އެއްގޮތަށް ކުންފުނީގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ރާވާ ހިންގުން
  • ޒަމާނީ ޓެކްނޮލޮޖީއާއި އެއްގޮތަށް ހިއުމަން ރިސޯސް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ޕާރފޯރމަންސް މެނޭޖްމަންޓް

  • މުވައްޒަފުންގެ ޕާރފޯމަންސް ދެނެގަތުމަށްޓަކައި ކޮންމެ 6 މަހަކުން ހަދަންޖެހޭ މަސައްކަތު ފެންވަރު ބެލުމުގެ ކަންކަން ރާވާ ހިންގުމާއި ސިޔާސަތުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މަސައްކަތު ފެންވަރުބެލުމުގެ އެންމެހައި ކަންކަން ރާވާ ހިންގުން.
  • މުވައްޒަފުންގެ ޕަރފޯމަންސް އިތުރުކުރުމަށް ޕްރޮގްރާމްތައް ރޭވުމާއި، ގުޅުންހުރި އުސޫލްތަކަށް ގެންނަޖެހޭ ބަދަލުތައްގެނެސް ހިންގުމާއި ޕަރފޯމަންސް އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ބަލަހައްޓާ އެކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުން.

އިތުރު އެލަނަސްތައް

  • އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

                        11 ރަބީޢުލްއާޚިރު 1443

17 އޮކްޓޫބަރު 2021