ދިވެހިރާއްޖެ
ނައިފަރު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން 5 އަހަރު ދުވަހުގެ މުއްތަށް (2022 އިން 2027 އަށް) އެކުލަވާލުމަށާއި، ނައިފަރުގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާކުރުމާއި، ނައިފަރު ބަނދަރު ޕްލޭން މުރާޖާކުރުމުގެ މަސައްކަތްތައް 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. |
|
ކޮންސަލްޓެންސީ ބޭނުންވާ ދާއިރާތަކާއި ޒިންމާތައް |
|
ކޮންޓްރެކްޓްގެ އަގާއި، މުއްދަތު އަދި ޝަރުޠު |
ކޮންސަލްޓެންސީ ޚިދުމަތުގެ އަގު: މަހަކަށް 15,000 (ފަނަރަހާސް ރުފިޔާ) ލިވިންގ އެލަވަންސް: މަހަކަށް 5,000 (ފަސްހާސް ރުފިޔާ) ކޮންޓްރެކްޓް ކުރެވޭ މުއްދަތު: 5 (ފަހެއް) މަސްދުވަސް ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އާބަން ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާޟިލްކޮށްފައިވުމާއެކު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އަދި ލޭންޑް ޔޫޒް ޕްލޭން ފަދަ އާބަން ޑިވެލޮޕްމަންޓް މަސައްކަތްތަކާއި ގުޅުންހުރި ޕްލޭންތައް ތައްޔާރުކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވާންވާނެއެވެ. ޝަރުޠު ފުރިހަމަ ކުރާނީ ހުށަހަޅާ ލިޔުންތަކަށް ބަލައިގެންނެވެ. އަދި މިލިޔުންތަކުގައި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހިފައި ހުންނަން ވާނެއެވެ. |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިސިޓީއާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ. |