މަސައްކަތް
ނަންބަރު: (IUL)327-A/327/2021/1150
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 31 އޮގަސްޓް 2021 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގައި ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނައިފަރު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން 5 އަހަރު ދުވަހުގެ މުއްތަށް (2022 އިން 2027 އަށް) އެކުލަވާލުމަށާއި، ނައިފަރުގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާކުރުމާއި، ނައިފަރު ބަނދަރު ޕްލޭން މުރާޖާކުރުމުގެ މަސައްކަތްތައް 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ކޮންސަލްޓެންސީ ބޭނުންވާ ދާއިރާތަކާއި ޒިންމާތައް

  • ނައިފަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން 2022 އިން 2027 އަށް އެކުލަވާލުން
  • ނައިފަރުގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާޢާކުރުން
  • ނައިފަރު ބަނދަރު ޕްލޭން މުރާޖަޢާކުރުން
  • ކައުންސިލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް، ކައުންސިލުން އަންގާ ގޮތެއްމަތިން މި ޕްލޭންތައް އެކުލަވާލާ ނިންމުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން
  • ކައުންސިލްއިން ބޭނުންވާ އެހެނިހެން ޓެކްނިކަލް އެހީތެރިކަންދިނުން
  • ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ކައުންސިލާއެކު ބައިވެރިވުން

ކޮންޓްރެކްޓްގެ އަގާއި، މުއްދަތު އަދި ޝަރުޠު

ކޮންސަލްޓެންސީ ޚިދުމަތުގެ އަގު: މަހަކަށް 15,000 (ފަނަރަހާސް ރުފިޔާ)

ލިވިންގ އެލަވަންސް: މަހަކަށް 5,000 (ފަސްހާސް ރުފިޔާ)

ކޮންޓްރެކްޓް ކުރެވޭ މުއްދަތު: 5 (ފަހެއް) މަސްދުވަސް

ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އާބަން ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާޟިލްކޮށްފައިވުމާއެކު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އަދި ލޭންޑް ޔޫޒް ޕްލޭން ފަދަ އާބަން ޑިވެލޮޕްމަންޓް މަސައްކަތްތަކާއި ގުޅުންހުރި ޕްލޭންތައް ތައްޔާރުކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވާންވާނެއެވެ. ޝަރުޠު ފުރިހަމަ ކުރާނީ ހުށަހަޅާ ލިޔުންތަކަށް ބަލައިގެންނެވެ. އަދި މިލިޔުންތަކުގައި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހިފައި ހުންނަން ވާނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިސިޓީއާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ.

24 އޮގަސްޓް 2021