ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސަޕޯރޓް ސްޓާފް

މަޤާމް :ސަޕޯރޓްސް ސްޓާފް
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު                                         

 

މަޤާމް

ސަޕޯރޓް ސްޓާފް

އަސާސީ މުސާރަ

-/2,900 ރުފިޔާ

އެލަވަންސްތައް:

-/2,000 ރުފިޔާ

މަޤާމުގެ ރޭންކް

އެސް އެސް 4

ބޭނުންވާ ޢަދަދު:

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް ޑިޕާރޓްމަންޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • އަސާސީ ތަޢުލީމްގެ ފެންވަރު ހުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ މެއިންޓަނަންސް އެންމެހާ މަސައްކަތް، އަމިއްލައަށް ފެނިގެންނާއި ސްޕަވައިޒަރުން އަންގާ ގޮތެއްގެ މަތީން ކުރަމުން ގެންދިއުން؛
  • ކުންފުނީގެ ޢިމާރާތްތައް ފޮޅައި ސާފުކުރުން؛
  • ކުންފުނީގެ ޢިމާރާތްތަކުގެ އެތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
  • ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ މެއިންޓެނަންސް އެހީތެރިކަން  ލިބިދިނުން؛
  • ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ސްޓޫޑިއޯތައް ތައްޔާރުކޮށްދިނުން؛
  • ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ސެޓްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭނެކަމަށް ވެރިން ކަނޑައަޅާ ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން؛
  • މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގައި ޑިޕާޓްމަންޓް ހެޑަށް ޖަވާބުދާރީވެ، މި ބަޔާނުގައި ނުހިމެނޭ ޑިޕާރޓްމަންޓަށް ނިސްބަތްވާ މަސައްކަތްވެސް މުވައްޒަފުންލައްވާ ކުރުވުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 22 އެޕްރީލް 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000386، 3000364 އާއި ގުޅުއްވުން އެދެމެވެ.

                        03 ރަމަޟާން 1442

15 އެޕްރީލް 2021
ހޯދާ