މަޤާމް
|
ސަޕޯރޓް ސްޓާފް
|
އަސާސީ މުސާރަ
|
-/2,900 ރުފިޔާ
|
އެލަވަންސްތައް:
|
-/2,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އެސް އެސް 4
|
ބޭނުންވާ ޢަދަދު:
|
02
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސަރވިސް ޑިޕާރޓްމަންޓް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- އަސާސީ ތަޢުލީމްގެ ފެންވަރު ހުރުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކުންފުނީގެ މެއިންޓަނަންސް އެންމެހާ މަސައްކަތް، އަމިއްލައަށް ފެނިގެންނާއި ސްޕަވައިޒަރުން އަންގާ ގޮތެއްގެ މަތީން ކުރަމުން ގެންދިއުން؛
- ކުންފުނީގެ ޢިމާރާތްތައް ފޮޅައި ސާފުކުރުން؛
- ކުންފުނީގެ ޢިމާރާތްތަކުގެ އެތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
- ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ މެއިންޓެނަންސް އެހީތެރިކަން ލިބިދިނުން؛
- ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ސްޓޫޑިއޯތައް ތައްޔާރުކޮށްދިނުން؛
- ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ސެޓްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭނެކަމަށް ވެރިން ކަނޑައަޅާ ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން؛
- މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގައި ޑިޕާޓްމަންޓް ހެޑަށް ޖަވާބުދާރީވެ، މި ބަޔާނުގައި ނުހިމެނޭ ޑިޕާރޓްމަންޓަށް ނިސްބަތްވާ މަސައްކަތްވެސް މުވައްޒަފުންލައްވާ ކުރުވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 22 އެޕްރީލް 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000386، 3000364 އާއި ގުޅުއްވުން އެދެމެވެ.
|