ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓު/ކެފޭ އެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލުން
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ ޓެރަސް ފްލޯގައި ރެސްޓޯރަންޓް/ކެފޭ އެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ކުރި މި ކްލަބުގެ ނަންބަރު: PEMA/IUL/2020/1 (21 ޖުލައި 2020) އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.
ބީލަން ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީކުރުމުން، މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ބީލަން ރަޖިސްޓަރީކުރުމަށް އެދި އީމެއިލް ކުރާނީ [email protected] އަށެވެ. ބީލަން ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
| 
 ބީލަން ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚް  | 
 24 މާރިޗު 2021  | 
 14:00 ގައި  | 
| 
 ބީލަން ހުށަހަޅާ ތާރީޚް  | 
 28 މާރިޗު 2021  | 
 13:00 ގައި  | 
ބީލަން ހުށަހަޅުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
