ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓު/ކެފޭ އެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލުން
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ ޓެރަސް ފްލޯގައި ރެސްޓޯރަންޓް/ކެފޭ އެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ކުރި މި ކްލަބުގެ ނަންބަރު: PEMA/IUL/2020/1 (21 ޖުލައި 2020) އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.
ބީލަން ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީކުރުމުން، މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ބީލަން ރަޖިސްޓަރީކުރުމަށް އެދި އީމެއިލް ކުރާނީ [email protected] އަށެވެ. ބީލަން ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
ބީލަން ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚް |
24 މާރިޗު 2021 |
14:00 ގައި |
ބީލަން ހުށަހަޅާ ތާރީޚް |
28 މާރިޗު 2021 |
13:00 ގައި |
ބީލަން ހުށަހަޅުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.