ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ިކުންފުންނީގެ އާކައިވް ލައިބްރަރީއަށް ހޯދަން ބޭނުންވާ '' NAS Storage'' ގަތުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/70

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-22-19) PSM-ENG /2019/131

 

 

 

އިޢުލާން

 

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

                       މިކުންފުންނީގެ އާކައިވް ލައިބްރަރީއަށް ހޯދަން ބޭނުންވާ '' NAS Storage'' ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/45 ނަންބަރ އިޢުލާނާ ގުޅިގެން މިކުންފުނިން ދީފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން ގެ ބައެއް މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށްފީމެވެ.

                                         މިސްޓޯރޭޖާ ގުޅޭ ސްޕެސިފިކޭޝަން ނުވަތަ އެއާ އެއްފެންވަރެއްގެ ސްޓޯރޭޖެއް ގަންނަބޭނުންވާތީ ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. އަދި  ''ސްޕެސިފިކޭޝަން'' މިއިއުލާނާ އެޓޭޗްކުރެވިފައިވާނެއެވެ. މިސްޓޯރޭޖް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2019 ވާ ހޯމަ ދުވަހުން ފެށިގެން 28 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ން ހަވީރު 4:00 ށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓްކުރުމާއި އަދި ނަންނޯޓްކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް ލިބިވަޑައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

                     ވީމާ، 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ދޫކުރެވުނު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ.

24 ޛުލްޙިއްޖާ   1440                       

                          25 އޮގަސްޓް    2019                        

26 އޮގަސްޓް 2019
ހޯދާ