ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2019/70 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-22-19) PSM-ENG /2019/131 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުންނީގެ އާކައިވް ލައިބްރަރީއަށް ހޯދަން ބޭނުންވާ '' NAS Storage'' ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/45 ނަންބަރ އިޢުލާނާ ގުޅިގެން މިކުންފުނިން ދީފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން ގެ ބައެއް މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށްފީމެވެ.
މިސްޓޯރޭޖާ ގުޅޭ ސްޕެސިފިކޭޝަން ނުވަތަ އެއާ އެއްފެންވަރެއްގެ ސްޓޯރޭޖެއް ގަންނަބޭނުންވާތީ ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. އަދި ''ސްޕެސިފިކޭޝަން'' މިއިއުލާނާ އެޓޭޗްކުރެވިފައިވާނެއެވެ. މިސްޓޯރޭޖް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2019 ވާ ހޯމަ ދުވަހުން ފެށިގެން 28 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ން ހަވީރު 4:00 ށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓްކުރުމާއި އަދި ނަންނޯޓްކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް ލިބިވަޑައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ، 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ދޫކުރެވުނު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ.
24 ޛުލްޙިއްޖާ 1440
25 އޮގަސްޓް 2019