ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާރނެއް ހޯދުން

އިންޓާރނެއް ހޯދުން:

 

މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް މީހަކު ވެއެވެ.

 

މައިގަޑު މަސައްކަތް:

  • ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ ގުޅިގެން އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ބިއުރޯގެ 2019 ވަނަ އަހަރުގެ ވާރކްޕްލޭންގައި ހިމަނާފައިވާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޝަރުތު:

  • ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 7 (ބެޗްލަރސް ޑިގްރީ)ގެ ސަނަދެއް ޤާނޫނީ ދާއިރާއިން ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
  • ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
  • 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ހަފްތާ އަކު މަދުވެގެން 20 ގަޑިއިރު.

މުއްދަތު:

  • 2 މަސް 

އެލަވަންސް:

  • މަސައްކަތު ތަޖުރިބާއާ ނުލައި ގަޑިއަކަށް 35ރ.
  • މަސައްކަތު ތަޖުރިބާއާއެކު ގަޑިއަކަށް 40ރ.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

1- ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

3- ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ވަނަވަރު (ކަރިކިއުލަމް ވީޓާ).

 

 

ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 09 އޭޕްރީލް  2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv                                 

www.facebook.com/fpa.maldives       ފޭސްބުކް:

 

--------------

26 ރަޖަބް 1440

02 އޭޕްރިލް 2019

 

 

02 އޭޕްރިލް 2019
ހޯދާ