މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އައި.ޓީ އިންފްރަސްޓަރަކްޗަރ ޒަމާނީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އޮތޯރިޓީގެ އިޢުލާން ނަމްބަރ IUL)201-B/1/2019/10) ގައި މި އޮތޯރިޓީގެ ބޭނުމަށް އޮތޯރިޓީގެ އައިޓީ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަށް މަދުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އޮތޯރިޓީގެ ބޭނުމަށް އޮތޯރިޓީގެ އައިޓީ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ 15:00 އަށް މި އޮތޯރިޓީއަށް (ވެލާނާގެ 11 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިއޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާއިގުޅޭ އިތުރު މައުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް www.caa.gov.mv (ޓެންޑަރ ސަފުހާ http://caa.gov.mv/beta003/procurement (އިން ލިބިވަޑައިގަންނަވާނެއެވެ.

31 މާރިޗު 2019
ހޯދާ