އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް އިން ސައިކޭޓްރީ

މަޤާމް :ކޮންސަލްޓަންޓް އިން ސައިކޭޓްރީ
ބޭނުންވާ އަދަދު :2

އިއުލާން

 

  މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ކޮންސަލްޓަންޓް އިން ސައިކޭޓްރީ

މަޤާމުގެ ނަންބަރު:

 J-306551, J-306552

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް. 15-1

މަޤާމުގެ ކްލެސިފިކޭޝަން:

  ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސެންޓަރ ފޮރ މެންޓަލް ހެލްތް / އައުޓް ޕެއިންޝަންޓް ސައިކޭޓްރީ ސެކްޝަން/ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

މުސާރަ:

މަހަކު -/30990.00 ރުފިޔާ

ސަރވިސް އެލެވަންސް:

ދުވާލަކަށް -/340 ރުފިޔާ (ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  1. އޯޕީޑީއަށް އަންނަ ނަފްސާނީ ބަލަތަކާބެހޭ ބަލިމީހުން ބެލުން.
  2. އެނދުމަތިކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ފަރުވާދިނުން.
  3. އެނދުމަތިކުރެވިފައިވާ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާދިނުމާއެކު އިތުރަށް ކުރަންވީ ކަންތައްތަކުގެ އިރުޝާދު ވޯޑުގައި މަސައްކަތްކުރާ މެޑިކަލް އެޮފިސަރުންނާއި ނަރުހުންނަށް ދިނުމާއި ބަލިމީހާގެ ހާލަތު އެވަގުތު ހުރިގޮތް ބަލިމީހާގެ އާއިލާގެ މެމްބަރުންނަށް ތަފްސީލްކޮށް ކިޔައިދިނުން.
  4. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިހާލަތު ދެނެގަތުން.
  5. ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހުލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުމަށް އަދި ފަރުވާއަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުން.
    1. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާކުރުމާއި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތުބަދަލުވާގޮތް މޮނިޓަރކުރުން.
    2. ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
    3. އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ބަލިމީހުންގެ ފަރުވާއާގުޅޭގޮތުން ލަފާދިނުމާއި އަދި ޚިދުމަތްބޭނުންވެއްޖެ ހާލަތްތަކުގައި ކަނޑައެޅިފައިވާ މުއްދަތަށް އެޚިދުމަތް ފޯރުކޮށްދިނުން.

 

 

މަޤާމުގެ ޝަރުތުތައް:

  1. މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ 3 ނުވަތަ 4 އަހަރު ދުވަހަަށްވުރެ ކުރުނޫން އެމް.ޑީ /އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ
  2. މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ / އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަޕްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، ސެޕްޝަލިޓީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
    1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
    3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށްސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  10 އޭޕްރީލް 2019 އާއި 24 އޭޕްރީލް 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335221 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

21 ރަޖަބު 1440

28 މާރިޗް 2019

28 މާރިޗު 2019
ހޯދާ