ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓް (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު                               ނަންބަރު: GMIZL-HR/IUL/19/04

މަޤާމު:   ލީގަލް ކޮންސަލްޓަންޓް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ހެޑް އޮފީސް

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 9) ހާސިލުކޮށްފައި ވުމާއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޤާނޫނީ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާއި، ކުންފުނީގެ ބޯޑަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  2. ކުންފުންޏަށް ބޭނުންވާ ލީގަލް ޕޮލިސީތައް އެކުލަވާލުން.
  3. ލީގަލް ޑީޕާރޓްމަންޓްގެ މަސައްކަތްތަކާއި ގުޅިގެން ޑްރާފްޓްކުރަންޖެހޭ އެންމެހާ ލިޔުންތައް ޑްރާފްޓްކުރުމާއި ރިވިއުކުރަންޖެހޭ ޑޮކިއުމަންޓްސް ރިވިއު ކުރުމާއި، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ، އިންވެސްޓްމަންޓް، ނެގޯސިއޭޝަންސް، ފައިނޭންސް އަށް ތައްޔާރުކުރަންޖެހޭ އެންމެހާ ލީގަލް ޑޮކިއުމަންޓްސް ތައްޔާރުކޮށް ފައިނަލްކުރުން.
  4. ކުންފުނީގެ ލީގަލް ޓީމް އިން ކުރާ އެންމެހާ ކޮންޓްރެކްޓްތަކާއި ގުޅޭ މަސައްކަތްތަކާއި އަދި އެމަސައްކަތްތަކާއި ގުޅިގެން އުފެދޭ އެންމެހާ ސުވާލުތަކަށް ޤާނޫނީ ލަފާ ދިނުމާއި  އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކުންފުނީގެ ޤާނޫނީ މައްސަލަތަކުގައި ކޯޓްގައި ވަކާލާތުކުރުން.
  6. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ލޭންޑް ރެންޓް އިންކުރިމެންޓް ޕޮލިސީ ތަންފީޒް ކުރުން.

 

 

 

އެހެނިހެން އިނާޔަތްތައް:

  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

3 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއިއެކު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހެޑް އޮފީސް އަދި ކުންފުނީގެ ވެބްސައިޓްއިން ލިބެން ހުންނާނެ )
  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

27 މާރޗް 2019

27 މާރިޗު 2019
ހޯދާ