ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަގާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (މަޤާމުގެ ނަންބަރު: J-223085)

ބޭނުންވާ އަދަދު:       

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:  

އެޑްމިނިސްޓްރޭޝަން އެޗްއާރ އެންޑް އިންފޮމޭޝަން ޔުނިޓް/  ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ ވ. ފެލިދޫ  

މުސާރަ:                  

-/4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500.00 ރުފިޔާ

ކޯއެލަވަންސް:

-/700 ރުފިޔާ

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ކައުންސިލްގެ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  2. އަތޮޅު ކައުންސިލްގެ ޖަލްސާތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ނިންމުންތައް ލިޔެ ސޮއިކުރުވާ ފައިލްކޮށް ބެލެހެއްޓުން
  3. އަތޮޅު ކައުންސިލްގެ ނިންމުންތައް ރައްޔިރުންނަށް ހާމަކޮށްދިނުން(ކައުންސިލްގެ ނޯޓިސް ބޯޑުގައި)
  4. އަތޮޅު ކައުންސިލްގެ ޖަލްސާތަކުގެ ދަޢުވަތާއި، އެޖެންޑާ ތައްޔާރުކޮށް މެމްބަރުންކައްވާ ސޮއިކުރުވާ ޖަލްސާ ނިމުމުން ފައިލްކޮށް ބެލެހެއްޓުން
  5. އަތޮޅު ކައުންސިލްގެ ފަރާތުން ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  6. އަތޮޅު ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު އެކުލަވާލާ ފޮނުވަންޖެހޭ މުއްދަތަށް ލޯކަލްގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން              
  7. އަތޮޅު ކައުންސިލުން ކުރައްވާ ދަތުރު ތަކުގެ ޔައުމިއްޔާއާއި، ދަތުރު ރިޕޯޓް ލިޔެ ސޮއިކުރުވާ ފަހުންފެންނާނޭ ގޮތުގެމަތިން ފައިލުކޮށް ރިކޯޑްތައް ބެލެހެއްޓުން.
  8. ރަސްމީ ކަންކަމުގައި އަތޮޅުކައުންސިލުން ބޭނުންވާ އެޕޮއިންޓް މަންޓްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  9. ކައުންސިލްގެ ފަރާތުން މެމްބަރުންނަށް އަންގަންޖެހޭ އެންގުންތައް ރައީސްގެ ލަފާގެމަތިން މެމްބަރުންނަށް އެންގުން
  10. މީ ގެ އިތުރުންވެސް ކައުންސިލް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއިގުޅިގެން ވެރިން އަންގަވާ ކަންތައްތައްކުރުން.

 

މަގާމުގެ ޝަރުޠު:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަނަ ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން، އަދި އިދާރާގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރ/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުން މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯތިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ:

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތު ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ:

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕ:

8. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި އިދާރާގެ ވެބްސައިޓު www.vaav.gov.mv   ގެ "ރިޕޯރޓް/ މައުލޫމާތު" ޞަފްޙާއިން  ލިބެން ހުންނާނެއެވެ.

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލާއި،

އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 07 އޭޕްރީލް 2019 އިން 18 އޭޕްރީލް 2019 އާއި ދެމެދުގައި ފެލިދެއަތޮޅު ކައުންސިލް އިދާރާގައެވެ.  

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

     

 މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6700502 ފޯނު ނަންބަރާއެވެ. އީ މެއިލްކުރާނީ [email protected] އަށެވެ. ފެކްސްނަންބަރ: 6700715

24 މާރިޗު 2019
ހޯދާ