ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީގައި ހުރި މަސްމާރުކޭޓު ކުއްޔަށް ހިފާނެފަރާތެއް ހޯދުން

މިރަށު ހުޅަނގު ދެކުނު ފަރާތުގައިހުރި މަސްމާރުކޭޓު އިމާރާތް ކުއްޔަށްހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މަސްމާރުކޭޓު ކުއްޔަށްދިނުމާގުޅޭ ބީލަންކަރުދާސް 2019 މާރިޗް 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2019 އޭޕްރިލް 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންކަރުދާހުގެ އަގަކީ -/150 (ސަތޭކަ ފަންސާސް ރުފިޔާ)އެވެ.

ޕްރޮޕޯސަލް ބަލައިގަތުމާއި، އަދި ޕްރޮޕޯސަލް ކެނޑުން އޮންނާނީ 2019 އޭޕްރީލް 24 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންކަރުދާސް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަންކަރުދާސް ބައްލަވައިގަތުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ބީލަންކަރުދާސް ބައްލަވައިގަންނަވާނަމަ  އެ ލީގަލް ބޮޑީއެއްގެ ރަޖިސްޓްރީ ކޮޕީއާއި ލެޓަރހެޑްގައި ހުށަހެޅޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ އެއްކަރުދާހެވެ.

މިއިޢުލާނާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓީންގ 2019 އޭޕްރިލް 08ވާ ހޯމަ ދުވަހުގެ 13:00ގައި ވިލުފުށީ މަސްމާރުކޭޓް އިމާރާތުގައި އޮންނާނެއެވެ.  

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

21 މާރިޗު 2019
ހޯދާ