މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

  މަޤާމް:

އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J- 306222

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ށ.ފުނަދޫ

 

ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ޔުނިޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވެންސް)
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ 35%
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައާއި، އެތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އިސްވެ ޙަރަކާތްތެރިވުން.
  2. ކުޑަކުދިންނާއި، އަންހެނުންނާއި، ޙާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ހައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  3. ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިވުމާއި، އާންމުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން.
  4. އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން މައްސަލަތަކުގެ ޙާލަތު ދެނެގަތުން.
  5. އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރުން.
  7.   މިނިސްޓްރީ އާއި ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް އަތޮޅުތަކުގައި ހިންގުން.
  8. މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެހެން އަތޮޅެއްގައި މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ކައުންސެލިންގ، ސައިކޮލޮޖީ، އަދި ސޯޝިއޮލޮޖީ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޯޝަލް ސާވިސަސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

  • ކައުންސެލިންގ، ސައިކޮލޮޖީ، އަދި ސޯޝިއޮލޮޖީ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
  • މިނިސްޓްރީގައި އެއް މަސް ދުވަސް ވަންދެން މަސައްކަތް ކުރެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 2 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް(ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރީލް މަހު، ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ/ ށ.ފުނަދޫ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 6540610 ނަންބަރު ފޯނަށެވެ.

14 ރަޖަބު 1440ހ

21 މާރިޗު 2019މ

 

21 މާރިޗު 2019
ހޯދާ