ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ސްކޫލްގެ ބައެއް މަރާމާތުތައް ކުރުން

                މި ސްކޫލްގެ ބައެއް މަރާމާތުތަށް ކުރުމަށް 26 ފެބްރުއަރީ 2019 ގައި ކުރެވުނު އިއުލާނާއި (ނަމްބަރ:(IUL)GS-64/2019/004) ގުޅިގެން އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮއް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.

              ވީމާ، ތިރީގައިމިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 7 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.              

1-    ސްކޫލްގެ ހޯލް އިމާރާތުގެ އެއް ޕާޓިޝަން މަރާމާތުކުރުން.

2-    ސްކޫލްގެ ފެންތާނގީތައް ހިޔާކުރުން.

               މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރަން ހާޟިރުވާނަމަ، އެފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނަވަން ވާނެއެވެ. 

19 މާރިޗު 2019
ހޯދާ