މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕްރޮގްރާމަރ
ބޭނުންވާ އަދަދު :3

މުސާރަ:

-/15000ރ އާއި -/23000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

 (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބެލޭނެ.)

ޝަރުތު:

- އައިޓީ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ނުވަތަ ޕްރޮފެޝަނަލް ސޮފްޓްވެއަރ ޑިވޮލެޕްމަންޓް އާއި ގުޅޭދާއިރާ އަކުން ޕްރޮފެޝަނަލް ސެޓްފިކެޓްއެއް ހާސިލްކޮށްފައި ވުން.

-ޕްރޮގްރާމްކުރުމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން (ޕީ.އެޗް.ޕީ).

- ޕީ.އެޗް.ޕީ އިން ޕްރޮގްރާމްކުރުމުގެ އެޑްވާންސް ސްކިލްސް ލިބިފައިވުމާއި ޖާވާ ސްކްރިޕްޓް ފްރޭމްވޯކް ތަކުގެތެރެއިން "ރިއެކްޓް" "އެންގިއުލަރ ޖޭ.އެސް / އެންގިއުލަރ 2+ އަދި އޯ.އޯ.ޕީ ކޮންސެޕްޓް" ރަނގަޅަށް އެނގިފައިވުން.

- ލަރަވެލް ފްރޭމްވޯކް އަދި ވެބް ޑިވޮލްޕްމަންޓް ޓެކްނޮލޮޖީސް އަށް އަހުލުވެރި، މަސައްކަތުގެ ތަޖުރިބާހުރި މީހަކުކަމުގައި ވުން.

- "ގިޓް" ފަދަ ކޯޑް ވާރޝަން ކޮންޓްރޯލް ސިސްޓަމްގެ  ބޭނުންކުރުމުގެ ތަޖުރިބާ ހުރި މީހަކު ކަމުގައިވުން.

އިތުރު ހުނަރުތައް:

- މަސައްކަތް ފުރިހަމައަށް އަދާ ކުރެވޭކަމުގެ ޔަޤީންކަމާއި، އިތުބާރާއި އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ މަސައްކަތަށް ނުކުމެވޭ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަން ސާބިތުކޮށްދިނުން.

- އެކުގައި މަސައްކަތް ކުރާ މީހުންނާއި ރަނގަޅަށް ގުޅުން އުފައްދައި މުޢާމަލާތު ކުރުމުގެ ހުނަރު ހުރި، މަސައްކަތުގެ ތެރޭގައި ހުންނަ އުނދަގޫ ކަންތައްތައް ޙައްލު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ މީހެއްކަން ސާބިތުކޮށްދިނުން.

- އަމިއްލައަށް މަސައްކަތް ރާވާ ހިންގޭނެ މީހެއްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކުންފުނީގެ މަސައްކަތާއި، މަސައްކަތް ހިނގާގޮތް ދެނެގަތުމާއި، ސޮފްޓްވެއަރ ސިސްޓަމް ތަރައްޤީކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ލިޔެ ތައްޔާރުމަށް އެހީތެރިވުން އަދި މަސައްކަތަށް އަންނަ ބަދަލުތައް ދެނެގަނެ ލިޔުންތައް ބަދަލުކުރުމަށް އެހީތެރިވެދިނުން 

ސޮފްޓްވެއަރ ތައްޔާރުކޮށް ތަރައްޤީކުރުން / ކޯޑް ކުރުން.

ސޮފްޓްވެއަރ ކޯޑް ޑޮކިއުމެންޓް ކޮށް އަދި ޔުނިޓް ޓެސްޓް ހެދުން

ސޮފްޓްވެއަރ އަށް ދިމާވާ މައްސަލަތައް ބެލުމަށް އެ ސޮފްޓްވެއަރ ބޭނުންކުރާ މުވައްޒަފުންނާއި އެކު ވާހަކަދައްކައި އޮޅުންފިލުވުން.

ސޮފްޓްވެއަރ ތަރައްޤީ ކުރަމުންދާ ކޮންމެ ފޭސްއެއްގައި ހިމެނޭ މަސައްކަތަކާއި، ހިމެނޭ މޮޑިއުލްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ޓެސްޓުކޮށް ބެލުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

އިންފޮމޭޝަން ޓެކްނޮލޮޖީ  ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 މާރިޗް 26ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

19 މާރިޗު 2019
ހޯދާ