މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް އޮފިސަރ

`

 

 

 

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

  ކ.މާފުށި                                                   

 

 

 

(IUL)337/337/2019/18 ނަންބަރު:

 

 

 

އިޢުލާނު

މުނިސިޕަލް  އޮފިސަރ

މަޤާމް:

(J-230523)

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

( ދާއިމީ )

މަޤާމުގެ ގިންތި:

(އެމް.އެސް 1)

މަޤާމުގެ ރޭންކް:

(ޓެކްނިކަލް އޮފިސަރ ގްރޭޑް 1 )

މަޤާމުގެ ކްލެސިފިކޭޝަން:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ / ކ.މާފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/5610 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

-/700 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:     

ސިވިލް ސާރވިސް ޤާވާއިދުގައިވާ ގޮތުގެ މަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

އެހެނިހެން އެލަވަންސް:

  1. 1.      ޖެމްސް އާއި ފެކްސް އަދި އީމެއިލްގެ އިތުރުން އެންޓްރީން ލިބޭ އެންމެހާ މަސްއަލަތަކާ ޙަވާލްވުން

-          ސެކްޝަން ޔުނިޓުން ހެޑެއްގެ ގޮތުން ކުރަންޖެހޭ މަސައަކަތްތަކާއި ގުޅޭގޮތުން ލިބޭ އެންމެހާ މަސްއަލަތަކާ ޙަވާލްވެ ޖަވާބުދޭންޖޭ މަސްއަލަތަކަށް ކައުންސިލާ ޒިންމާދާރުވެރިންގެ ބެލުމުގެ ދަށުން ކަޑައެޅިފައިވާ މުއްދަތުގެ ކުރިން ޖާވާބުދީ ނިންމުން

-         ޖެމްސް ލޮގިންއާއި އީމެއިލްތައްވެސް ކޮންމެދުވަހަކު ބައްލަވާ ލިބޭ މެއިލްތަކަށް ޖަވާބުދާރީވުން:

 

  1. 2.      ލާމަރުކަޒީ ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ކަރަންޓާ، ފެނާ، ފާޚާނާ އާއި ނަރުދަމާގެ ނިޒާމް ފަދަ ޢާއްމުޚިދުމަތް ހިންގާ ބެލެހެއްޓުން. (ބ- 24)   

3- ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން. (ޑ- 24)   

-          އިޖްތިމާޢި ޞަރަޙައްދުތަކާއި މަގުތަކުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ދިއްލާ ބެލެހެއްޓުމާއި މަރާމާތުކުރުމުގެ އެންމެހައި ކަންތައްތައް ކުރުން

-          އަދި މި ބައްތިތައް މަރާމާތުކުރަންޖެހޭ ޙާލަތުގައި ކައުންސިލްގެ މަޝްވަރާގެ މަތީން އެމަސައްކަތްތައް ކުރެއްވުން.

-          މިހާރު ޖަހާފައިވާ ބައްތި ތަކުގެ ތެރެއިން ދިއްލޭ ބައްތިއާއި ނުދިއްލޭ ބައްތިތަކުގެ ޙާލަތު ދެނެގަނެ އެކަމުގެ ރިޕޯޓް އިންޖީނުގެއަށާ ކައުންސިލަށް ޙިއްސާ ކުރަމުން ގެންދިޔުން.

 

4- ރަށުގެ މަގުތައް ހެދުމާއި މަގުތަކާއި، އިދާރާ އާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމާއި ބެހޭ އެންމެހައި ކަންކަން ހިންގާ ބެލެހެއްޓުން (ހ-24)

-          ރަށުގެ މަގުތަކުގެ އާބާތުރަ ފިލުވުމާއި ބެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުން

-          މިސްކިތްތަކުގައި ކުރަންވެފައިވާ މަރާމާތުގެމަސައްކަތް ހިންގާ ބެލެހެއްޓުން

-          ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މަރާމާތުކޮށް ބެލެހެއްޓުން.

-         އެފަދަ ތަންތަނުގެ މަރާމާތަށް ބޭނުންވާ ކަންކަންބަލާ ކައުންސިލްގެ މަޝްވަރާއާއެކު ޕްރޮކިޔުމަންޓްގެ ތެރެއިން ބަޖެޓަށް ހުށަހެޅުން.  

 

5- ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި،ރަށުގެ މަގުތަކާއި ޕާކްފަދަ އާއްމުތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން (23 ގ)   

6- ކައުންސިލްގެ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ނިންމާގޮތެއްގެ މަތީން ޢާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުމާއި،ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ މަޝްވަރާއާއިއެކު ތާރީޚީ ގޮތުން މުހިންމު ތަންތަނަށް ނަންދިނުން. (146

 7- ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން (23 ސ) 

 8- ލާމަރުކަޒީ އުޞޫލުން ކައުންސިލަށް ލާޒިމްކުރާ އަރުސީފް ގެ އެންމެހާ މަސައްކަތްތައްކުރެއްވުން

9- ސެކްޝަނުން ކުރާ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އިޢުލާނުތައް ކުރުމާއި،އަންގަންޖެހޭ އެންގުންތައް އެންގުން

-          އެފަދަ މުހިންމު އިޢްލާނެއްވާނަމަ ގެޒެޓަށް ފޮނުވުމަށް ސަމާލްކަން ދެއްވުން

-          އަދި އިޢްލާންތައް މަސްއަލާގެ އިތުރުން ނޯޓިސްބޯޑުގައާއި ޢާންމުންނަށް ފެންނާނޭ ތަންތާގައި ބެހެއްޓުން

-          ކޮންމެ ޢިއުލާނެއްގައިވެސް އިދާރާގެ ސްޓޭމްޕް ޖެހުމާއެކު ވެރިއެއްގެ ސޮއިކުރުވުން.

 

10- ސެކްޝަނަށް ހުށަހެޅޭ މަސްއަލަތަކުގެ ލިޔުންތައް ސަރުކާރުގެ ޤަވާޢިދާއެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓާ ފައިލްކުރުން  

-          ކޮންމެ މަސްއަލައަކަށް ވަކި ފައިލް ހެއްދެވުން

-          އަދި ނަރުދަމާ ފެނާ އަދި ކަރަންޓާ ބެހޭ މަސްއަލަތަކާ، އުފަންވާ މަރުވާ ކުދިންނާ މީހުނާ އަދި ރަށްވެހީންގެ ރަޖިސްޓްރީއާއި އުފަންދުވެހުގެ ސެޓްފިކެޓްތައް ޚާޞަފައިލްހެއްދެވުން އަދި ސްކޭންކުރަންޖެހޭ ލިޔުންތައް ސްކޭންކޮށް ކޮމްޕިޔުޓަރުގައި ރައްކާކުރުން.

-          އަދި ފެނާނަރުދަމާގެ ސާރވޭތައް ރެކޯޑްސްތައް ބެލެހެއްޓުން (ޚިދުމަތްދޭ ގޭގެ ޢަދަދު، ސެޕްޓިކް ޓޭންކުގެ ޢަދަދު، އައުޓްފޯލް ޕަމްޕިން ސްޓޭޝަންތަކުގެ ޢަދަދު ޕެނަލް ބޮޑު އަދި ފެނާގުޅޭ ނިޒާމުގެ ރެކޯޑްސްފަދަ ރެކޯޑްތައް)

-          ނަރުދަމާ ނިޒާމާގުޅޭ ގޮތުންހިއްކޭ ގޭގޭގެ މަންތު ރިޕޯޓެއް ހަދަން ފެށުން.

 

11- އަލަށް އުފަންވާކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި، އިމާމުވެ ހުކުރު ކުރާ ޢީދުނަމާ، ކޭތަނަމާދާ ކަށުނަމާދާ ކަށުކަމާކެމީގެ އިންތިޒާމްތަކާއި، ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންނާއި،އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.(ހހ- 24)   

-          ވިހާ މަރުވާ މީހުންގެ ރެކޯޑް ފޮތެއްގައި ނުވަތަ ކޮމްޕިޔުޓަރުގައި ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން

-          އުފަންވާ/މަރުވާ މީހުނާ ކުދިން ރަށްވެހީންގެ ރަޖިސްޓްރީން އުނިކޮށް/އަރުވާ އަޕްޑޭޓްކުރުން

-          ރަށްވެހީންގެ ރަޖިސްޓްރީއަށް އެދޭފަރާތްތަކަށް އެރަޖިސްޓްރީ ހައްދާދިނުން

-          އުފަންދުވަހުގެ ސެޓްފިކެޓް އުފަންދުވަހުގެ ރަޖިސްޓްރީ ޤަވާޢިދުން ހައްދާ ޙަވާލްކުރުން

-          ނިޔާވާ މީހުނާ/ކުދިންގެ ކަށުކަމާކެމީގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސައިދިނުން

-          ވަޅުލާ މީހުންގެ މަރުފޯމް ފުރުނުތޯ ބަލާ ކަށަވަރުކުރުމާއި އެފޯމުގައި ސޮއިކުރަންޖެހޭ ފަރާތްތައް ސޮއިކުރުވުން، ޤަބުރުސްތާނުގައި މީހުން ވަޅުލެވޭގޮތް ބަލަމުން ގެންދެވުން. އަދި ވަޅުލުމަށް ހުއއްދަދެވޭ ފަރާތެއްގެ ބެލުމުގެ ދަށުން ވަޅު ޖައްސަވާތޯ ބެއްލެވުން.

-          ހުކުރު/ޢީދު، ކޭތަނަމާދު، އަދި ކަށުނަމާދު ފަދަ ނަމާދުތައް ކުރާނޭ މީހުނާ އެކަންކަން އިންތިޒާމްކޮށް ބެލެހެޓުން

-          މިފަދަ ނަމާދުތަކަށް ބޭނުންވާ އެންމެހާ ޚުޠުމާތަކާ ދުޢާތައް ކަމާބެހޭ މިނިސްޓްރީން ހޯއްދަވާ އިމާމުންނާ މުދިމުންނާ ހުކުރުކުރައްވާ ބޭފުޅުންނަށް ވަގުތުއޮށްވާ ފޯރުކޮށްދެއްވުން.

-          ރަށުގައި ހުންނަ ޞިއްޙީ މަރްކަޒްގައާއި، މާލޭގައި އުފަންވާ އަދި މަރުވާ މިރަށުގެ ކުދިންނާ މީހުން ގެ އެންމެހާ ލިޔުންތައް ހޯދައި ދުވަހުން ދުވަހަށް ވިހާމަރުވާ ރެކޯޑް ކުރަމުން ދިޔުން އަދި ކަމާގުޅޭ ކޮޕީތައް ފޮނުވަންޖެހޭ މުޢައްސަސާތަކަށްފޮނުވުން.

-          މިރަށުގައި ހުންނަ ޚާއްޞައެހީދެއްވާ މަރްކަޒުން ނިޔާވާމިހުންނާ، ރަށުގައި ދިއުޅޭ ރަށުގައި ރަޖިސްޓްރީ ވެފައި ނުވާ މީހުނާ ކުއްޖަކު ނިޔާވެގެން ހުށަހަޅާފިނަމަ އެކުއްޖެއް ނުވަތަ މީހެއްގެ މަޢްލޫމާތުވެސް ވިހާމަރުވާ ގައި ރެކޯޑް ކުރުން.

-          ރަށުގެ އާބާދީއާއި، ވިހާމާރުވާ އާއި، ދިރިއުޅޭ ބިސީންނާ މަހުން މަހަށް ހެދޭ ރިޕޯޓްތަކާއި، ތިންމަހުން އަދި ހަތަރުމަހުން ހެދޭ ރިޕޯޓްފަދަ އެންމެހާ މަޢްލޫމާތު ތަކުގެ ރެކޯޑްތައް ކޮމްޕިޔުޓަރ ގައި ލިޔެ ބެލެހެއްޓުން .

-          ރަށުގައި ދިރިއުޅޭ އެންމެހާ ބޭރުމީހުންގެ ދަފްތަރު އެކުލަވާލުން .

-          މިގޮތުން ރަށުގެ ސަރުކާރުގެ މުޢައްސަސާތަކުގައި މަސައްކަތް ކުރާ ބިދޭސީންނާއި، އަމިއްލަ ގޭގޭގައި ގެންގުޅޭ ބިދޭސީންނާ، އެހެނިހެން ގޮތްގޮތުން އަމިއްލައަށް ރަށަށް އައިސްގެން އުޅޭ ބިދޭސީންގެ ރަޖިސްޓްރީ ވަކިން ބެލެހެއްޓުން .

-          މިގޮތުން ބެލެހެއްޓޭ ރެކޯޑްސްގެ މަޢްލޫމާތުތައް އަތޮޅުއިދާރާގެ އިތުރުން އެހެން މުޢައްސަސާތަކަށް  ފޮނުވުން .

-          އަދި ޤަވާޢިދާ ޚިލާފަށް ރަށުގައި އުޅޭ ބިދޭސީން ޕޮލިހުންނާ ގުޅިގެން ހޯދާ އެކަން ކަމާބެހޭ ފަރާތްކަށް އަންގަމުން ގެންދިޔުމާއި، އެފަދަ މީހުން ހޯދުމަށް ކަމާގުޅޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

-          ޗުއްޓީއަށް ދުރުވާނަމަ ސެކްޝަންގައި ދެންހުންނަވާ މުވައްޒިފަކާ މިކަންކަން ޙަވާލްކޮށް އެމުވައްޒިފަށް މިކަންތައް ކުރާގޮތުގެ މަޢްލޫމާތު ދޭންވާނެއެވެ.

 

12ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރެއްވުން، މިގޮތުން އިދާރާއަށާ، އިދާރާގެ ބެލުމުގެ ދަށުން ބަލަހައްޓާ އެންމެހާ ތަންތަނަށް ބޭނުންވާ އެންމެހާ ތަކެތި މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މުވައްޒަފުންލައްވާ ފުރިހަމަކޮށް ބަޖެޓަށް ހުށަހަޅަމުންގެންދިޔުން.

-          ޕްރޮކިޔުމަންޓުން ކުރުމަށް ސެކްޝަނާ މިހާރު ޙަވާލްކޮށްފައިވާ މަސައްކަތްތައް ކަމާގުޅޭ މުވައްޒަފަކުލައްވާ ކުރުވުމާއި އެމަސައްކަތް ހިނގާނުހިގާގޮތް ބެލުން

13-  ރަށުގައި ހިނގާ ކާރިސާތަކާ ޙާދިސާތަކާ ގުޅޭ އެންމެހާ މަސައްކަތްތައް:

ރަށުގައި ކާރިޘާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ އެކަމަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ނުވަތަ ވަގުތީލުއި ހޯދައި ދިނުމުގެ މަސައްކަތް ރާވައި ހިންގުމަށް ނުވަތަ ކުރިން އޮތް ޙާލަތަށް އެތަނެއް ރުޖޫޢު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމަށްޓަކައި ސަރުކާރުގެ ސަމާލްކަމަށް ގެނައުން.

14- ރަށުގެ ކުނި މެނޭޖްކޮށް ބެލެހެއްޓުން:

-          ކުނިމެނޭޖްކުރުމަށް ސަރުކާރުން މިހާރު އެކުލަވާލާފައިވާ ޤައުމީ ސިޔާސަތުތަކާ އެއްގޮތަށް ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ހިންގުން

-          ރަށުގެ ކުނިމެނޭޖްކުރުމަށް ކައުންސިލުން އެކުލަވާލާ ހިންގަމުންގެންދާ ކުންނާބެހޭ ޤަވާޢިދު ހިންގާ ތަންފީޒްކުރުން

-          ކުންޏާކުޅޭގޮތން ހަދަންޖެހޭ އެންމެހާ ޕްލޭންތައް އެކުލަވާލުން

-          ކުންޏާ ބެހޭ ޕްރޮޕޯސަލްއެއް ހަދަންޖެހޭނަމަ އެފަދަ ޕްރޮޕޯސަލްތައްވެސް އެކުލަވާލުން

-          ކުނިމެނޭޖްކުރުމަށް ނަގާފައިވާ ސްޓާރފުންގެ ކަންކަން ބެލެހެއްޓުން

-          ރަށުގެ ކުނިގޮޑުގެ ޙާލަތު ދެނެގަތުމާއި، އެތަނުގައި އުފެދޭ ކުނިތައް ރަށުން ބޭރުކޮށް ނުވަތަ ނައްތާލުމާ ގުޅޭގޮތުން ކައުންސިލުން އަންގަވާގޮތެއްގެ މަތީން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.

-          ޤަވާޢިދާ ޚިލާފަށް ގޯތިންބޭރުގައި ކުނި އެންދުމާއި ކުނި އެޅުމާއި ރަށުގެ އެކިތަންތަނަށް ކުނިއަޅާ ފަރާތްތަކުގެ މަސްއަލަ ތައްބައްލަވާ ކައުންސިލުން ހަދާފައިވާ ކުންޏާބެހޭ ޤަވާޢިދު ތަންފީޒުކުރުމުގައި ކައުންސިލްގެ މަޝްވަރާގެ މަތީން ކުރުން.

-          ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފްކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެމަސައްކަތް ކުރުމަށް ޙަވާލްކުރެވޭ ފަރާތުން އެމަސައްކަތް ކުރާގޮތް ބަލާ މޮނީޓަރ ކުރުމާއި ބިލް ހުށަހެޅުމުން ކޮންމެ މަހަކު އެއްފަހަރު ބަލާޗެކްކޮށް ކަމާގުޅޭ ފޯމް ފުރިހަމަކޮށް ބަޖެޓަށް ފޮނުވުން

 

16- އިދާރާއާއި މިސްކިތްތަކާއި އެހެނިހެން ތަންތަނުގެ ފޮޅާ ސާފްކުރާ ސާމާނާ ހިފާގެންގުޅުމަށް އިދާރާއަށް ހޯދޭ އެންމެހާ ސާމާނުގެ ސްޓޮކް ބެލެހެއްޓުން

-          ފޮޅާ ސާފްކުރުމަށާ، ހިފާގެންގުޅުމަށް އިދާރާއަށް ގެނެވޭ އެންމެހާ ސާމާނުގެ ސްޓޮކް ޤަވާޢިދުން ވަކިން ބެލެހެއްޓުން.

-          މި ސްޓޮކުން ތަކެތި ދޫކުރުމާއި ބަލާގަތުމުގެ އެންމެހާ މަސައްކަތްތައް ހިންގުން

-          މި ސްޓޮކް ލޮގް ފޮތެއް ނުވަތަ ކޮމްޕިޔުޓަރ ސޮފްޓްވެއަރ އެއްގައި ހަދާ ޙަވާލްކުރެވޭތަކތި ސޮކޮށް މުވައްޒަފުންނާ ޙަވާލްކުރުން

-          އަހަރަކު 2 ފަހަރު މި ސްޓޮކްގެ އޯޑިޓެއް ހައްދަވާ ކައުންސިލާ ޒިންމާދާރުވެރިންނާ ޙިއްސާ ކުރެއްވުން

-          މި ސްޓޮކަށް ޚާއްޞަކޮށް ފޮޅާ ސާފްކުރާ ސާމާނު މަދުވެގެން 6 މަސްދުވަހަށް ވާރަވަށް ހޯދާ ސްޓޮކް ކޮށްފައި ބެހެއްޓުން

-          މި ސްޓޮކަށް ބޭނުންވާ ސާމާނު ހޯދުމުގައި މާލިއްޔަތު ޤަވާޢިދުގައިވާގޮތަށް ޕްރޮކިޔުމަންޓް މެދުވެރިކޮށް ތަކެތިހޯދަމުން ގެންދިޔުން

-          މިސްޓޮކް ތަކެތި އެއްވެސް މުވައްޒަފަކު އަމިއްލައަށް ނެގުމުގެ ފުރުޞަތު ނުދިނުން

-          އަދި މި ސްޓޮކް ތަޅުލެވޭ ރަށްކާތެރިތަނަކަށް ބަދަލްކުރުމަށް ކައުންސިލާ ވާހަކަދައްކާ މަޝްވަރާ ކުރުން

-          މި ސްޓޮކް ދުވަހުން ދުވަހަށް ބާކީކުރަމުން ގެންދިޔުން

17- ޕެންޝަން އޮފީހާއި، އެންސްޕަރ  މެދުވެރިކޮށް ދައުލަތުން ފައިސާގެ އެހީހޯދުމަށާ،  އަދި އެހީލެބުންދާ އެންމެހާ ފަރާތްތަކާ ގުޅޭގޮތުން ކައުންސިލުން ކޮށްދޭންޖެހޭ އެންމެހާ މަސައްކަތްތަކާއި، އެހީތެރިކަން އެފަދަ ފަރާތްތަކަށް ފޯރުކޮށްދިނުން

-          65 އަހަރުވެގެން ދައުލަތުން ދޭ އެހީތައް ފޯރުކޮށްދިނުމުގައި ފުރަންޖެހޭ ފޯމާއި އިދާރާއިން ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުން ލަސްނުކުރައްވާ ކަމާބެހޭ އިދާރާތަކަށް ފޮނުވާ އެކުމުގެ މަޢްލޫމާތުތައް ފޯރުކޮށްދިނުން.

-          ބަލިމީހުނާ ނުކުޅެދުންތެރިކަން ހުންނަމީހުނާ، އެކަނިވެރިމައިންފަދަ މީސްމީހުންނަށް ދައުލަތުން ދޭއެހީގެފައިސާ ހޯދައިދިނުމުގައި އެހީތެރިކަން އެދި ހުށަހަޅާފަރާތްތަކަށް ކޮށްދޭންޖެހޭ އެންމެހާ ކަންކަން ކޮށްދެއްވާ އެކަމުގެ މަޢްލޫމާތު ކަމާބެހޭ އިދާރާތަކަށް ފޮނުވަމުން ގެންދެވުން.

 

18- މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދުން:

މިސްކިތްތަކާއި އިދާރާއަށް ބޭނުންވާ އެންމެހާ ފޮޅާސާފްކުރާ ސާމާނާ ހިފާގެންގުޅޭ ތަކެއްޗާއި،  އިދާރާގެ ލިޔެކިޔުމަށްބޭނުންވާ ތަކެތި ކައުންސިލާ ޒިންމާދާރުވެރިންނާ ބަޖެޓްސެކްޝަންގެ މަޝްވަރާގެމަތިން ޕްރޮކިޔުމެންޓް ގެ ތެރެއިން ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ތަޢުލީމާއި ތަމްރީނު                   %40
  • ސިވިލް ސާރވިސްގެ އިމްތިހާނު            %5
  • މަސައްކަތު ތަޖްރިބާ                   
  • ލިބިފައިވާ ހުނަރު / އިންޓވިއު            %40

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 މާރޗް 2019 ވާ ބުދަ ދުވަހުގެ (14:00) ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް                  ( [email protected] ) އަދި ފެކްސް (6640073) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 28 މާރޗް 2019 އާއި 04 އޭޕްރީލް 2019 އާ ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.

 

 

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6640073) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، ( 6640073) އެވެ. އީ-މެއިލް ކުރާނީ      ([email protected]  )އަށެވެ.

 

     

 

           10 ރަޖަބު 1440

           17 މާރޗް 2019

17 މާރިޗު 2019
ހޯދާ