ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް (ވަގުތީ)

މަގާމު: އެސިސްޓަންޓް ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް (ވަގުތީ)

    ބޭނުންވާ ޢަދަދު: 1

    އުޖޫރަ (މަހަކަށް):

    • މުސާރަ: 6980.00 ރުފިޔާ
    • ސަރވިސް އެލެވަންސް: ދުވާލަކަށް 125.00 ރުފިޔާ
    • ކޮމިޝަން އެލްވަންސް: 2443.00 (އަސާސީ މުސާރައިގެ %35)

    މަސައްކަތުގެ ވަގުތު: ސަރުކާރުގެ ރަސްމީ ގަޑި

    މުއްދަތު:  9 މަސް ދުވަސް.

ފެންވަރު ނުވަތަ ޝަރުތު:  

ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،

މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައި ވުމާއެކު، 2 މާއްދާއިން "އީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާއި ބެހޭ މަޢުލޫމާތު:

  1. ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާގުޅޭ ގޮތުން އިދާރާތަކުން ހުށައަޅާ މައްސަލަތައް ދިރާސާކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ޖަވާބު ދިނުން
  2. ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާއިގުޅޭ އެންމެހައި މައުލޫމާތުތައް ރައްކާތެރިކަމާއެކު ވިއުގަ 2.0 ނިޒާމުގެ ތެރެއިން ބެލެހެއްޓުން
  3. އިދާރާތަކުން މަސައްކަތު ފެންވަރު ބެލުމާގުޅޭ ގޮތުން ސަޕޯޓަށް ހުށައަޅާ މައްސަލަތައް ދިރާސާކޮށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހައްލުކޮށް ޖަވާބު ދިނުން
  4. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް، އޮޑިޓް ރިވިއު، އަދި ޚާއްސަ އޮޑިޓް ކުރުމުގައި އެހީތެރިވެދިނުން
  5. އޮޑިޓް އެންޑް އިވެލުއޭޝަން އަދި ޕަރފޯމަންސް މެނޭޖްމަންޓް ސެކްޝަނުގެ އިދާރީ މަސައްކަތް ކުރުން
  6. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން
  7. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޙާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު، ފެންވަރު، ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
    • ޕްރެކްޓިކަލްސް %20
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން %35

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 

2019 މާރިޗު 25 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2019 މާރިޗު 26 ން 2019 އެޕްރިލް 09 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

10 ރަޖަބު 1440

 

17 މާރިޗު 2019
ހޯދާ