މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފެކަލްޓީ އޮފް މެޑިސިންގައި ކިޔެވުމުގެ ފުރުސަތުތަކާ ގުޅޭ:

        ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ "އެމް.ބީ.ބީ.އެސް" ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭރު ޤައުމުތަކަށް 10 ފުރުސަތު ކަނޑައަޅާފައިވާކަމަށާއި، ދިވެހިރާއްޖެއިން މިފުރުސަތުތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޭޕްރީލް 2019ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު  ހުޅުވާލާފައިވާކަން ސްރީލަންކާގެ އެމްބަސީން ވަނީ އަންގާފައެވެ.

 

 މިކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ކޯހުގައި ބައިވެރިވާ ކެންޑިޑޭޓުން އަމިއްލައަށެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް www.ugc.ac.lk ވެބްސައިޓުން ލިބޭނެ ކަމުގައިވެސް ދެންނެވީމެވެ. އަދި މި ކޯހާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންވެސް ލިބެން ހުންނާނެއެވެ.

13 މާރިޗު 2019
ހޯދާ