ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކުޑަކުދިންގެ ޕާރކުގެ އިންފާރު ރޭނުމާއިބެހޭ

އަންދާސީހިސާބު ހޯދުން

            ރަތަފަންދޫ ކައުންސިލް އިދާރާގެ ކުރިމަތިން ޖެޓީ އާއި ދެމެދުގައި އޮތް ބިމުގައި ކުޑަކުދިންގެ ޕާރކެއް ހެދުމަށް ކަނޑައެޅިފައިވާ 140×70 ފޫޓް ބިމުގެ ވަށާ އިންފާރު 3 ފޫޓުގެ އުސްމިނަށް މި އިދާރާއިން ދައްކާ ނަމޫނާއާއި އެއްގޮތަށް ރާނައި ދެފަރާތުގައި ސިމެންތިޖަހައި ދޭނޭ ފަރާތެއްހޯދުމަށް ވަނީބޭނުން ވެފައެވެ.

            ވީމާ ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝަވްގުވެރިވެ ލައްވާ ފަރާތްތަކުން 14 މާރިޗް  2019  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް  ދުރުވެ މަޢުލޫމާތު  ސާފުކުރެއް ވުމަށްފަހު 21 މާރިޗް  2019 ވާ ބުރާސފަތި ދުވަހުގެ ހެދުނު 10:30 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް  އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.  މިއިދާރާއިން ކުރެވުނު ނަމްބަރ : (IUL)420-PED/420/2019/3 ގެ އިޢުލާނަށް އިޖާބަދީފައިވަނީ އެންމެފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން ކުރެވުނު އިޢުލާނެކެވެ.  

 

އަންދާސީ ހިސާބާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް

  1. 1.     ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
  2. 2.     ކޮމްޕެނީ ޕްރޮފައިލް
  3. 3.     އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ

މިއިދާރާއިން  ބަލާނެ ކަންތައްތައް

  1. ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީ ހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
  2. 2.     މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

އަގު  

%70

v      ޚިދުމަތުގެ އަގަށްދެވޭ  މާރކްސް  

v      މިމަރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

ތަޖުރިބާ 

%20

v      ލިބިފައިވާ ތަޖުރިބާއަށްދެވޭ މާކްސް   

v      މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ ޕްރޮފައިލްގައި  ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗް މާރކު ކަމަށްބަލައިގެން  ހުށަހަޅާފައިވާ ޑޮކިޔުމަންޓް ތަކުގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ  ހެކި  ހުށަހަޅާފައިވާ ފަރާތަށެވެ.

މަސައކަތް ނިންމާ މުއްދަތަށް   

v      މަސައްކަތް ނިންމާ މުއްދަތަށްދެވޭމާކުސް   

v      މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

10 މާރިޗު 2019
ހޯދާ