ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓް: މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަންޕްލޭން ތައްޔާރުކުރުން

އިޢުލާން

 

ލޯކަލް ކޮންސަލްޓަންޓް: މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަންޕްލޭން ތައްޔާރުކުރުން

މިއޮތޯރިޓީގެ ނަންބަރު: (IUL)450-CA/1/2015/9 އިޢުލާނާގުޅިގެން، މި އޮތޯރިޓީން ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން) އަށް ކުރިމަތިއްލައްވާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުށަހަޅާލަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާ ބު ހުށަހެޅުއްވުން އެދެމެވެ.

ކޮންސަލްޓަންސީ

ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން) 

މަސައްކަތުގެ އަގު

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން އަގު ހުށެހެޅުމަށް

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

މަސައްކަތަށް ބޭނުންވާ ތަޢުލީމު:

  1. ކޮމިއުނިކޭޝަން، މީޑިއާ، ޖާނަލިޒަމް، ނުވަތަ ގުޅުންހުރި ސޯޝަލް ސައިންސަސްގެ ދާއިރާއިން ދަށްވެގެން ބެޗްލަރސް ޑިގްރީ ލެވެލް އަށް ތަޢުލީމު ހާސިލު ކޮށްފައިވުން. މާސްޓަރސް ޑިގްރީ ލެވެލް އަށް ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  2. އިނގިރޭސި އަދި ދިވެހި ބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  3. މިންތީގެ ހަމަހަމަކަމާ ގުޅޭ ގޮތުންނާއި ޖެންޑަރގެ މައްސަލަތަކާ ގުޅޭ ގޮތުން ތަމްރީނު ޕްރޮގްރާމެއް ރާއްޖޭގައި ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  4. މިމަސައްކަތް ފުރިހަމަކުރުމަށްޓަކައި ކޮމްޕިއުޓަރ އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގި، ފަރިތަވުން (މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަން ތަކުގެ ތެރޭގައި، ވަރޑް، އެކްސެލް، ޕަވަރޕޮއިންޓް، އަދި/ނުވަތަ ޕަބްލިޝަރ ފަދަ އެޕްލިކޭޝަންތައް އެނގުން).

މަސައްކަތުގެ ތަޖުރިބާ އާއި ހުނަރުތައް:

  1. ކޮމިއުނިކޭޝަން، މީޑިއާ ނުވަތަ ޖާނަލިޒަމްގެ ދާއިރާއިގެ މަސައްކަތުގެ ތަޖުރިބާ، މަދުވެގެން 3-5 އަހަރު މަސައްކަތްކޮށްފައިވުން.
  2. މަސައްކަތަށްބޭނުންވާ އެނަލިސިސް ހެދުމާއި، ކޯޑިނޭޓް ކުރުން އަދި ފެސިލިޓޭޓް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި މަސައްކަތް ނިންމުމަށްޓަކައި ލަނޑުދަނޑިތައް ކަނޑައަޅައި އެކަންކަން އެންމެ އެދެވޭ ގޮތަށް ހާސިލުކުރުމަށްޓަކައި ވަގުތަށް ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމަކުރުމުގެ ޤާބިލުކަން ހުރުން.  
  4. ދާއިރާގެ މަސައްކަތާ ގުޅުން ހުރި މުއައްސަސާތަކާއި ގިނަ ބަޔަކާއި އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުން.
  5. މިމަސައްކަތާއި ގުޅިގެން އަތޮޅުތަކަށް ދަތުރުކުރުމަށް އުޒުރުވެރި ނުވުން.
  6. މީޑިއާ އަދި/ނުވަތަ އެޑްވޮކަސީ އެކްޝަން ޕްލޭންތަކާއި މިންތީގެ ހަމަހަމަކަމާއި ޖެންޑަރ ސެންސިޓިވް ޕްލޭންތަކާއި، ތަމްރީން މޮޑިއުލްތަކާ އަދި މޮނީޓަރިންގ ފްރޭމްވަރކްތައް އެކުލަވާލުމުގެ ތަޖުރިބާ ހުރުން.
  7. މަސައްކަތް ފުރިހަމަކުރެވޭނެ ކަމުގެ ނަފްސާނީ ޤާބިލުކަމާއި، ނަޒާހަތްތެރިކަމާއެކު މީޑިއާގެ މަސައްކަތްކުރާ މުއައްސަސާތަކާއެކީ މަސައްކަތް ކުރުން.
  8. މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން އެކުލަވާލާއިރު ގެވެށި އަނިޔާއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން، މިއޮތޯރިޓީގެ ސިޔާސަތުތަކާއި ޤާނޫނާއި ޤަވާއިދުގައިވާ ކަންކަން އެންމެ ފުރިހަމައަށް ޙާސިލުކުރާނެ ގޮތަކަށް ފަރުމާކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

ގެވެށި އަނިޔާއާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުވުމަށް 'މީޑިއާ އެންޑް އެޑްވަކަސީ އެކްޝަން ޕްލޭން' އެއް ފަރުމާކުރުމާއި އެކްޝަން ޕްލޭން މޮނީޓަރ ކުރާނެ ފްރޭމްވަރކްއެއް ނުވަތަ ޓޫލްއެއް އެކުލަވާލުން. މިގޮތުން މިމަސައްކަތްކުރުމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގެ (މާލެ އަދި އަތޮޅުތައް ހިމެނޭގޮތަށް)  މަޝްވަރާހޯދަން ވާނެއެވެ.

ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ ޓީ.އޯ.އާރު ގެޒެޓުން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv ވަޑައިގެން، "އިއުލާން/ވަޒީފާގެ ފުރުސަތު" ނެންގެވުމުން ލިބޭނެއެވެ.    

މިކޮންސަލްޓަންސީއަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތަށް ކުރިމަތިލާ ސިޓީއާއެކު ޕްރޮޕޯސަލްއެއް ތިރީގައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ހުށަހަޅަން ވާނެއެވެ.

 

1-      މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ،

2-      މަސައްކަތް ފުރިހަމަކުރުމަށް ހުށަހަޅާ އަގު،

3-      ކޮންސަލްޓަންސީއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)،

4-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ،

5-      ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް އަދި/ނުވަތަ ކޮންސަލްޓަންސީއަށް އެދޭފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެފަރަންސް/ ރެކަމެންޑޭޝަން ލެޓަރސް)

6-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

ނޯޓު:

-          މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-          މިކޮންސަލްޓޭޝަންއަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.

-          ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން، އިންޓަރވިއު، އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގަށް ބަލާއި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށެވެ. މި ގޮތުން އިވެލުއޭޓްކުރުމުގައި ބަލާނީ ތިރީގައިވާ މިންގަނޑަށެވެ.

  • ތައުލީމު، ތަޖުރިބާ އަދި އިންޓަރވިއު %80
  • ހުށަހަޅާ އަގު %20

 

މި ކޮންސަލްޓަންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯސަލްއާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 21 މާރިޗު 2019 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

12 މާރިޗު 2019

12 މާރިޗު 2019
ހޯދާ