މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މެލޭޝިއާ ގެ ސްޑޫޑަންޓް ވިސާ އާ ގުޅޭ

މެލޭޝިއާގެ އިމިގްރޭޝަން ގަވައިދަށް ގެންނެވި ބަދަލަކާ ގުޅިގެން ސްޓޫޑެންޓް ވިސާ އެޕްރޫވަލް ލެޓަރ ލިބުމުން އެންޓްރީ ވިސާ ނަގަން ޖެހޭ ގޮތަށް އެޤައުމުގެ އިމިގްރޭޝަން އޮތޯރަޓީ އިން ވަނީ ބަދަލުކުރައްވާފައެވެ. އެހެންކަމުން ކިޔަވަންދާ ކުދިން ވިސާ ނެގުމަށްޓަކައި މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ކޮލޮމްބޯގައި ހުންނަ މޭލޭޝިއަން ހައިކޮމިޝަން މެދުވެރިކޮށް ވިސާ ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ. އަދި ވިސާ ލިބުމުގެ އިންތިޒާމަށް މަދުވެގެން 10 ދުވަސް ނަގާ ކަމަށާއި އަދި މިކަމާ ގުޅޭ ލިޔުންތަކާއި މަޢުލޫމާތު މި މިނިސްޓްރީގެ ކޮންސިއުލަރ ސަރވިސަސް ޑިވިޜަނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

‏27‏ ރަބީޢުލްއައްޥަލް‏ 1435

28 ޖަނަވަރީ 2014
ހޯދާ