ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

 

މަޤާމް:

ސުޕަވައިޒަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ ( 1 އަހަރު )

މަސައްކަތްކުރާނެގޮތް:

ފުލްޓައިމް

ވަގުތު:

6 ގަޑިއިރު ( ހެނދުނު ސެޝަން)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު

މުސާރަ:

7500/- ރުފިޔާ

އެލެވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ގަޑިއަކަށް -/35 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަރިވަރުންނާއިގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  2. މުދައްރިސުން ގަޑިއަށް ހާޒިރުވޭތޯބެލުމާއި، ހާޒިރުނުވާ މުދައްރިސުންގެ ގަޑިތައް އޮންނަ އުޞޫލުން ހަމަޖެއްސުން.
  3. ކިޔަވާދެއްވާނެ މުދައްރިސުން މަދުވެއްޖެ ޙާލަތެއްގައި އެ ގަޑި ނެގޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ކްލާހުގެ އެންމެހާ ހާޒިރީތައް ބެލެހެއްޓުމާއި، ޙާޒިރީތައް ކަނޑައެޅިފައިވާ ތާރީޚަށް މަރްކަޒުގެ އިދާރާއާއި ޙަވާލުކުރުން.
  5. ކޯޑިނޭޝަން މީޓިންތަށް ރާވާ ޓީޗަރުންނަށް އިރުޝާދުދިނުމާއި ކޯޑިނޭޝަން މީޓިންތަކުގެ ރެކޯޑް ފައިލްތަށް ބެލެހެއްޓުން.
  6. އިމްތިޙާނު ލަޖުނާތަށް ހަމަޖެއްސުމާއި ލަޖުނާތަކުގެ މަސައްކަތް ބެލެހެއްޓުން.
  7. ދަރިވަރުންގެ ޤަވާއިދުގެ ދަށުން ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓުން.  ދުވަހު މަސައްކަތް ރަޖިސްޓްރަރ އަށް ރިޕޯޓް ކުރުން.
  8. ހަފްތާއަކު އެއްފަހަރު ރިވީއު ރިޕޯޓް ރަޖިސްޓްރަރ އަށް ހުށައެޅުން.
  9. ޓޭބަލްކުރެވިފައިވާ ގޮތަށް އޮބްޒަވޭޝަންތަށް ކުރިއަށްގެންދިޔުން.
  10. އެސެޝަނެއްގައި ހިންގައި ހިފްޘް ކުލާސްތަކުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި އޮބްޒާވް ކުރުން
  11. މަރްކަޒު ހިންގާ ފަރާތުން އަންގާ މަރްކަޒާއިބެހޭ އެންމެހާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއި އެކު، ޝަރީޢާ، ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަތީ ތަޢުލީމުދޭ މުއައްސަސާއެއްގައި މަސައްކަތް ކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދިލައްވާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ގުޅޭ ދާއިރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ. ސިޓީއާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،17 މާރިޗު 2019 ވާ  އާދީއްތަ ދުވަހާއި 16 އޭޕްރިލް 2019 ވާ އަންގާރަ ދުވަހާއި ދެމެދު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

 

މިމަޤާމަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ސެޓްފިކެޓަށާއި ތަޖުރިބާއަށް އަދި އިންޓަވިއުއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތަކަށެވެ. އަދި މަޤާމްގައި ގިނަވަގުތު މަސައްކަތުގައިއުޅެވޭ، ޢަރަބި ބަހުން މުއާމަލާތްކުރެވޭ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.  

05 މާރިޗު 2019
ހޯދާ