މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އިރުމަތީ ފުއްޓަރު ސަރަޙައްދުގައި ރާޅާއަޅާ ފަރާތްތަކަށް އަމާޒުކޮށް ފޮޓޯނެގުމަށް "ހަޓެއް" ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މިރަށު އިރުމަތީ ފުއްޓަރު ރާޅުގަނޑު " ޖެއިލްބްރޭކް " ސަރަޙައްދުގައި ރާޅާއަޅާފަރާތްތަކަށް އަމާޒުކޮށް ފޮޓޯނެގުމަށް "ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދުން

            މިރަށުގެ އިރުމަތީފަރާތުން ފުއްޓަރު ރާޅުގަނޑު " ޖެއިލްބްރޭކް " ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް އަމާޒުކޮށް ފޮޓޯނަގާނެ " ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ.

            ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތި ބޭނުންކޮށްގެން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 މާރިޗު 2019
ހޯދާ