ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލޭގެ ގޭބީސީތަކާއި ވިޔަފާރިތަކުގެ މައުލޫމާތު އެއްކުރަން ވެމްކޯއިން

 އިޢުލާން

ނަންބަރ: WAMCO-BDM/IUL/2019/017

މާލޭގެ ގޭބީސީތަކާއި ވިޔަފާރިތަކުގެ މައުލޫމާތު އެއްކުރަން ވެމްކޯއިން "މާކެޓް ސާރވޭ" އެއް ހެދުމާއި ގުޅޭ

10 މާރިޗު 2019 އިން ފެށިގެން ވެމްކޯއިން މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ "މާކެޓް ސާރވޭ" އެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭގެ މައިގަނޑު މަޤްސަދަކީ، މި ކޯޕަރޭޝަނުން ފޯރުކޮއްދޭ ޚިދުމަތްތައް ބޭނުންކުރާ މާލޭގެ ގޭބީސީ ތަކާއި، ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ފަރާތްތަކުގެ އިތުރުން، އަލަށް އުފެދުނު ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީސީލީ މައުލޫމާތު އެއްކުރުމެވެ.

ސާރވޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލެވިގެންނެވެ. މިގޮތުން، 10 މާރިޗްގައި، އެންމެ ފުރަތަމަ ސާރވޭ ކުރުމަށް ހަމަޖެހިފައި ވަނީ، މަޖީދީ މަގާއި ރޯޝަނީ މަގު ގުޅޭ ސަރަހައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގާއި އަސްރަފީ މަގު ހިމެނޭ ސަރަޙައްދުގެ ގޭބީސީ ތަކާއި ވިޔަފާރިތަކެވެ.    

މިހަރަކާތުގައި ބައިވެރިވާ މިކޯޕަރޭޝަންގެ ކޮންމެ މުވައްޒިފަކުވެސް، ސާރވޭގެ ބައިވެރިއެއްކަން އަންގައިދޭ ޙާއްސަ ކާޑެއް އަޅާފައިވާނެ ވާހަކަ ދަންނަވަމެވެ. މީގެ އިތުރުން، ސާރވޭއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މިކޯޕަރޭޝަންގެ މީސްމީޑިއާ ޗެނަލްތަކުން (ޓްވިޓަރ އަދި ފޭސްބުކް) ހިއްސާކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ހޮޓްލައިން 1666 އަށް ގުޅުއްވުން އެދެމެވެ.

28 ޖުމާދަލްއާޚިރާ 1440

05 މާރިޗު 2019

 

05 މާރިޗު 2019
ހޯދާ