ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ މަސްޖިދުލް ހުދާގައި ޤުރުއާން ކުލާސްތައް ހިންގުމާއި ބެހޭ

00

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ          

    ދިވެހިރާއްޖެ 

 

ނަންބަރ: (IUL)403-M/403/2019/27

އިޢުލާނު

ކުރީގެ މަސްޖިދުލް ހުދާގައި ޤުރުއާން ކުލާސްތައް ހިންގުމާއި ގުޅޭ

           މިކައުންސިލާއި ގުޅިގެން ކުރީގެ މަސްޖިދުލް ހުދާގައި ޤުރުޢާން ކުލާސްތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު:(IUL)403-M/403/2019/23 (11 ފެބުރުވަރީ 2019) އިޢުލާނާއި ގުޅިގެން 3 ފަރާތުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

       * މަޢުލޫމާތު ސާފުކުރުން: 10 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:45 ގައި

      * އެސްޓިމޭޓް ހުށަހެޅުން: 17 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:45 ގައި

 

       މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

             މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                    26 ޖުމާދަލްއާޚިރާ 1440

          03 މާރޗް  2019

 

 

 

                                                ޙުސައިން ޙަބީބު ޢަލީ

                                               ކައުންސިލްގެ ނ.ރައީސް

03 މާރިޗު 2019
ހޯދާ