ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ކ.ތިލަފުށީ ސައިޓުގައި، 5 ބުރީގެ ޕްރީ ފެބްރިކޭޓެޑް ޢިމާރާތެއް އެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބައެއް މަސައްކަތް ކުރުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ކ.ތިލަފުށީ ސައިޓުގައި، 5 ބުރީގެ ޕްރީ ފެބްރިކޭޓެޑް ޢިމާރާތެއް އެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ސްޓްރަކްޗަރަލް ޑީޓެއިލް ޑްރޯވިންގ ހެދުމާއި، ފައުންޑޭޝަންގެ ޑީޓެއިލް ޑްރޯވިންގ ހެދުން
  • މަތީގައި ދެންނެވިފައިވާ ކުރެހުންތައް، ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހޯދަންޖެހޭ ހުއްދަތައް ހޯދުން
  • ޢިމާރާތް ބިނާ ކުރުމަށް ހަމަޖެހިފައިވާ ބިމުގެ ތަފާތު ދެ ސަރަޙައްދަކުން ބޯރހޯލް ސޮއިލް އިންވެސްޓިގޭޝަން ހަދައި ދިނުން

ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • މަޢުލޫމާތު ސާފުކުރުން: 10 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި
  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 17 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 މާރިޗު 2019
ހޯދާ