މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.  

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިންޓަރނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންސް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމިކް ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައިވުން.

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިގްތިސާދާގުޅޭ ތަފާސްހިސާބުތައް ދިރާސާކޮށް، އެ މައުލޫމާތަށް ބިނާކޮށް ރިސަރޗް ޕޭޕަރު ލިޔުމުގެ ގާބިލްކަން ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.
  • އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެެއަރއަކަށް އަހުލުވެރިވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބައިނަލްއަޤްވާމީ އިޤްތިޞާދުތަކުގެ މެކްރޯއިކޮނޮމީއަށް އަންނަ ބަދަލުތައް މޮނިޓަރކޮށް އެނަލައިޒްކުރުމާއި ރިޕޯޓް ތައްޔާރުކުރުމުގެ އިތުރުން އިޤްތިޞާދަށް އަންނަ ބަދަލުތަކާގުޅޭ ޓެކްނިކަލް ކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން. އަދި ބައިނަލްއަޤްވާމީ އިޤްތިޞާދީ އިދާރާތަކާ ގުޅިގެން އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމިކް ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައިވުން.

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިގްތިސާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް ދިރާސާކޮށް، އެ މައުލޫމާތަކަށް ބިނާކޮށް ރިސަރޗް ޕޭޕަރ ލިޔުމުގެ ގާބިލްކަން ލިބިފައިވުން.

 

 

 

  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.
  • އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެެއަރއަކަށް އަހުލުވެރިވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޕަބްލިކޭޝަންތަަކަށް ލިޔުން ތައްޔާރު ކުރުން.
  • ޕޮލިސީ ނިންމުންތަކަށް ބޭނުންވާ ޕޮލިސީ ކަރުދާސްތަކާއި، ރިސަރޗް ޕޭޕަރ ސީރީޒްގައި ޝާޢިއު ކުރުމަށް ރިސާޗް އާޓިކަލް ތައްޔާރުކުރުން.
  • ރިސަރޗް މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސާވޭ ކުރުން.
  • އިގްތިސާދާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ހިންގޭ އެކި ޕްރޮގްރާމްތަކުގައި އިސްވެ ހަރަކާތްތެރިވުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ލައިސެންސިން އެންޑް ރެގިއުލޭޝަން ސެކްޝަން / އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފައިނޭންސް، ބޭންކިން  ނުވަތަ މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭންޝަލް ޑޭޓާ އިވެލުވޭޓްކޮށް އެނަލިސިސް ހެދުމާ ގުޅުން ހުރި މާއްދާތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭންކު އަދި އިންޝުއަރެންސް ނޫން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ލައިސެންސް ދިނުމާއި ރެގިއުލޭޓްކުރުމުގެ މަސައްކަތްކުރުމާއި ސުޕަރވައިސްކުރުމަށާއި ރެގިއުލޭޓްކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުމާއި މި ފަދަ އިންސްޓިޓިއުޝަންތަކުގެ ސުޕަރވިޜަންގައި އެހީތެރިވުން، އަދި ރާއްޖޭގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކާއި އިންސްޓްރޫމަންޓްތައް ސުޕަރވައިސް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ބޭންކް ލައިސަންސިން އެންޑް ރެގިއުލޭޝަން ސެކްޝަން / ބޭންކިން ސުޕަރވިޜަން ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެކައުންޓިންގ، ބޭންކިން، ސްޓެޓިސްޓިކްސް ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭންކްތަކަށް ލައިސެންސްދިނުމާއި ރެގިއުލޭޓްކުރުމުގެ މަސައްކަތްކުރުމާއި ސުޕަރވައިސްކުރުމަށާއި ރެގިއުލޭޓްކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރުން ބޭންކިން ސުޕަރވިޜަންގައި އެހީތެރިވުން.

 

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ސެކްޝަން / ފައިނޭންޝަލް އެންޑް ކޮންސިއުމަރ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް ނުވަތަ ބިޒްނަސްއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިނޭންޝަލް އިންކްލޫޝަނާއި ފައިނޭންޝަލް ލިޓްރަސީ ހުރި މިންވަރު ދެނެގަނެ ލިޓްރަސީ އިތުރުކުރަމަށް ބޭއްވޭ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ މަސައްކަތްތައް ކުރުން.
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭންޝަލް ސެކްޓަރގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓްސް ސެކްޝަން / ޕަބްލިކް ބޭންކިން ސަރވިސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސްއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ބޭންކިން ސެކްޓަރގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އެކައުންޓިން އަދި ޕޭމަންޓްސް ސިސްޓަމްގެ ޓްރާންސެކްޝަންތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެމްއެމްއޭގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކަށް ލިބޭ ޕޭމަންޓްތައް ޕްރޮސެސްކުރުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ 

ސެކްޝަން/ޑިވިޝަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އިންޕޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ސޮފްޓްވެއަރ އަދި ވެބް ޑިވެލޮޕް ކުރުމުގެ ފްރޮންޓް-އެންޑް އަދި ބެކު-އެންޑްގެ ތަޖްރިބާ ހުރުން.
  • ސޮފްޓްވެއަރ އަދި ވެބް ޑިވެލޮޕް ކުރުމުގައި ބޭނުން ކުރާ ޕީއެޗްޕީ، މައިއެސްކިޔޫއެލް، ޖާވާ ސްކްރިޕްޓް ފަދަ ލޭންގުއޭޖްތައް އެނގުން.
  • ލިނަކްސް އޮޕަރޭޓިންގ ސިސްޓަމަށް އަހުލުވެރިވެފައިވުން.
  • ޑޭޓާބޭސް ތައްޔާރު ކުރުމާއި ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އެނގުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގައި ބޭނުން ކުރާ ޑޭޓާބޭސް ބެލެހެއްޓުމާއި ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ޑޭޓާބޭސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް.

މުސާރަޔާއި އިނާޔަތްތައް

17,000.00 – 20,700.00 ރުފިޔާ

މަޤާމް:

ކަލެކްޝަން އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އެޗްއެސްސީ ގެ ދިވެހި އަދި އިސްލާމް މާއްދާ ހިމެނޭގޮތަށް ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 5 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވުމާއި މައިކްރޯސޮފްޓް އެކްސެލްއަށް އަހުލުވެރިވެފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓާއި މަޢުލޫމާތުތައް އިވެލުއޭޓްކުރުމާއި އެނަލައިޒްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

12,000.00 – 15,200.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 ( ދޭއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

06 މާރިޗް 2019 ވަނަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

26 ފެބުރުވަރީ 2019
ހޯދާ