މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ބޮޑުތަކުރުފާނު މަގު،

ނ.މަނަދޫ

 

                                                    (IUL)228-AB/228/2019/8ނަންބަރ

އިޢުލާނު

މަޤާމް                     ޑިރެކްޓަރ

މަޤާމްގެ ނަންބަރު:              J-221829

ބޭނުންވާ އަދަދު:               1

މަޤާމްގެ ގިންތި:               ދާއިމީ

މަޤާމްގެ ރޭންކް:               EX1

މަޤާމްގެ ކްލެސިފިކޭޝަން:          ޑިރެކްޓަރ

ސެކްޝަން:                  ކޯޕަރޭޓް އެފެއަރޒް ސެކްޝަން

މަޤާމް އޮތް އޮފީސް:             މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:          މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:                    -/8835 (އަށްހާސް އަށްސަތޭކަ ތިރީސްފަސްރުފިޔާ)

ސަރވިސް އެލަވަންސް:            -/2000 (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:          -/1500 (ފަނަރަސަތޭކަ ރުފިޔާ)

 

އިތުރު އިނާޔަތްތައް:            1.     ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                      2.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                      3.     ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

                      4.     މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:                   1.     އަތޮޅުކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގެ ހުރިހާ މަސައްކަތެއް ކައުންސިލްގެޒިންމާދާރުވެރިޔާގެ

                               މަޝްވަރާގެ މަތިން ހިންގުން.

                        2.      އަތޮޅުކައުންސިލަށް ބޭނުންވާ އިދާރީ މައުލޫމާތުތައް ރަށުކައުންސިލްތަކާއި،ދައުލަތުގެ އެކިއިދާރާތަކުން ކައުންސިލަށް

                                ފޯރުކޮށްދިނުން.

                        3.      އިދާރީގޮތުން އަތޮޅުކައުންސިލް ހިންގުމަށް އަންނަބަދަލުތައް ރަށުކައުންސިލްތަކަށާއި،އަތޮޅުކައުންސިލްއިދާރާގެ

                                ޔުނިޓްތަކަށް އެންގުން.

                        4.       އިދާރީދާއިރާގެ ރައްޔިތުންނަށް އެއްގަމާއި،ކަނޑުގެލައިސަންސް އާއި،ސަލާމަތީސެޓްފިކެޓްގެ ޚިދުމަތާއި، އައިޑީކާޑު                     

                               ހެދުމުގެ ޚިދުމަތް ދިނުމުގެކަންކަން ރާވާ ހިންގުން.      

                       5.       ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އަތޮޅުކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށް ދޭންބޭނުންވާ

                               ކަންތައްތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުން.

                       6.       ކައުންސިލްއިދާރާއަށް ބޭނުންވާ ހަރުމުދަލާއި، އެހެނިހެން ތަކެތި ހޯދުމުގައި އެހީތެރިވެދީ އެކަންކަން މޮނިޓަރކުރުން.

                       7.       ކައުންސިލްއިދާރާގެ އިދާރީ އޮނިގަނޑުގައިވާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ވަޒީފާދިނުމާއި، ވަޒީފާއިން

                                ވަކިކުރުމާއި،އިސްލާޙީ ފިޔަވަޅުއެޅުމުގެ މަސައްކަތް ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތިން ހިންގާ

                                ބެލެހެއްޓުން.

                       8.        އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ނާއި،ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިންގެ މަސައްކަތު ފެންވަރު ބެލުމުގެ

                                މަސައްކަތް ހިންގާ ބެލެހެއްޓުން. އަދި މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ފުރިހަމަ ކޮށްފައިވާ ގޮތް ބެލުމާއި،

                                އެފޯމު ފުރިހަމަކުރުމަށް އޮންނަ އުސޫލާއި ތަފާތުކޮށް ފޯމު ފުރިހަމަކޮށް ފައިވާކަމަށް ފެނިއްޖެނަމަ ޒިންމާދާރު ވެރިޔާގެ

                                މަޝްވަރާގެ މަތިން އެކަން ރަނގަޅުކުރުން.

                     9.          އެޕްރައިޒަލް ފޯމުގައިވާ މަޢުލޫމާތުގެ މައްޗަށް ބަލާ މުވައްޒަފުންނާއި ބެހޭ ގޮތުން ފާހަގަ ކުރެވޭ ރަނގަޅު

                                ކަންތައްތަކާއި، އަދި މުވައްޒަފުންނަށް ކުރިމަތވާ ދަތިތައްހިމެނޭ ގޮތުގެ ރިޕޯޓެއް އެކުލަވާލައި ކައުންސިލާއި،

                                ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއި އެކު ރަނގަޅު ކަންތައް ތަކަށް ހިތްވަރުދީ ދަތިތައް ހައްލުކުރުމަށް ފިޔަވަޅު

                                 އެޅުން.

                     10.          ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގައި ހިމެނޭ ޔުނިޓް ތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި، ޔުނިޓްތަކުގެ

                                 މަސައްކަތް ހަލުވިކޮށް ދެވޭޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

                     11.           ސެކްޝަން / ޔުނިޓް ތަކުގެ މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން މަސައްކަތްކުރާ މިންވާރާއި،

                                 ސުލޫކީ މިންގަނޑަށްބަލާ އިސްލާޙީ ފިޔަވަޅުއަޅަން ޖެހޭމުވައްޒަފުންނާއ މެދު އިސްލާޙީ ފިޔަވަޅު އެޅުން.

                     12.          ކައުންސިލްގެ އެންމެހާ ޢިމާރާތްތަކާއި، އުޅަނދު ފަހަރާއި، ވެހިކަލްތައް ފަދަ ވަސީލަތް މަރާމަތުކޮށް ބެލެހެއްޓުމުގައި

                                 ކަމާބެހޭ ޔުނިޓަށް އިރުޝާދުދީ އެކަންކަން ކުރުވުން.

                     13.          އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު ،ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި

                                 އިންތިޒާމުތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ތަކުގައި އެހީތެރިވުން.

                    14.           އިދާރާއިން ކުރާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ

                                 އެހެނިހެން މަސައްކަތް ކުރުން.

                    15.           ކައުންސިލްއިދާރާއަށް ބޭނުންވާ ހަރުމުދަލާއި އެހެނިހެން ތަކެތި ހޯދުމުގައި އެހީތެރިވެދީ އެކަންކަން މޮނިޓަރ ކުރުން.

                    16.           3 ޔުނިޓްހެޑްގެ ގޮތުގައި މަސައްކަތްކުރައްވާ އެސިސްޓެންޓް ޑިރެކްޓަރގެ މަސައްކަތްތައް ސްޕަރވައިޒްކޮށް

                                  މޮނިޓަރކުރުން.

                       

މަޤާމްގެ ޝަރުތުތައް:            1.     ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކްއެޑްމިނިސްޓްރޭޝަންގެ ރޮނގުން

                             ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި

                             ވުމާއެކު،4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާއެއްގައި

                             މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާއާއިއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު

                             ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

                     ނުވަތަ

                     2.      ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކްއެޑްމިނިސްޓްރޭޝަންގެ ރޮނގުން

                             ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށް

                            ފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެޤާބިލު         1.     ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު

ފަރާތެއް ހޮވުމަށް ބެލޭނެ       2.     މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

ކަންތައްތައް:             3.     މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:        1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

                     2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                     3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

                           ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                           މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ

                           އަދާކުރާ އޮފީހުގެ ލިޔުން.

                     5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                     (ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި

                           ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ

                            ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ

                           ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ

                           ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން

                           އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                  (ށ)       މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ،

                           ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                   6.       ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

                   7.      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ

                           ސެޓުފިކެޓުގެ ކޮޕީ.

                   8.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                   (ހ)      ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ

                           އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

                           ދޫކޮށްފައިވާ ލިޔުން.

                   (ށ)      އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،

                           ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން

                           ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކުފޯމް.

 

މަޤާމަށް އެދެންވީގޮތާއި               ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ

ސުންގަޑި:                      ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10

                           މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް

                           އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]

                           އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ

                           އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް

                           ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ              މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  17 މާރޗް 2019  އާއި 27 މާރޗް 2019

ތަނާއި، މުއްދަތު:                 އާއިދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި

                          އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:               މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                          ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ             މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %55

ހުރިހާބަޔަކުން އެންމެދަށްވެގެން            (ފަންސާސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.   

ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

 

އިތުރުމަޢުލޫމާތު ހޯދުން:                މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                             [email protected] އަށެވެ.

 

19 ޖުމާދަލްއާޚިރާ  1440

24 ފެބުރުވަރީ   2019

24 ފެބުރުވަރީ 2019
ހޯދާ