މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ބޮޑުތަކުރުފާނު މަގު،

ނ.މަނަދޫ

 

                                                    (IUL)228-AB/228/2019/9ނަންބަރ

އިޢުލާނު

މަޤާމް                     ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމްގެ ނަންބަރު:             J-305725

ބޭނުންވާ އަދަދު:              1

މަޤާމްގެ ގިންތި:              ދާއިމީ

މަޤާމްގެ ރޭންކް:              MS3

މަޤާމްގެ ކްލެސިފިކޭޝަން:        ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:                 ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް

މަޤާމް އޮތް އޮފީސް:            މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:       މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:                   --/7035 (ހަތްހާސް ތިރީސްފަސްރުފިޔާ)

ސަރވިސް އެލަވަންސް:          -/2000 (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:       -/900 (-/900 (ނުވަސަތޭކަ ރުފިޔާ)) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް

                           ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ގެ ކޯ ޑިސިޕްލިންގ އަކީ

                           އެކައުންޓިންގ / ފައިނޭންސް)

 

އިތުރު އިނާޔަތްތައް:            1.     ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                      2.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                      3.     ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

                      4.     މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:                 1.     އަތޮޅުކައުންސިލްގެ އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަންގެ ބަޖެޓް އެންޑް ފައިނާންސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ރާވާ

                             ހިންގުމަށްކުރަންޖެހޭ މަސައްކަތްކުރުން.

                     2.     ނ. އަތޮޅުކައުންސިލްގެ އިދާރާގެ ބަޖެޓް ތައްޔާރުކުރުން.

                     3.     އަތޮޅުކައުންސިލްގެ ބަޖެޓުން މަހުންމަހަށް ގެންނަން ޖެހޭ ފައިސާގެނައުމާއި، މުސާރަދިނުމަށްޓަކާ ކުރަންޖެހޭއެންމެހާ

                           މަސައްކަތްތައް މުއްދަތުގައި ނިންމުމާއި ކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

                     4.     ބަޖެޓް ކޮންޓްރޯލް ބެލެހެއްޓުމާއި ޔުނިޓަށް ލިބޭ ފައިސާގެ ބިލްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމަށް

                            މަސައްކަތްކުރުން.  

                     5.     ނ.އަތޮޅުކައުންސިލްއިދާރާގެ މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކުރުން.

                     6.     އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރުން.

                     7.     އަތޮޅުކައުންސިލުން ހިންގާ ވިޔަފާރި ތައްހިންގުމަށް ކޮންޓެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދިނުން.

                     8.     ޚަރަދު އެކައުންޓް 1 ގެޚަރަދު ރިޕޯޓާއި، ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، ފޮނުވުން.

                     9.     ޚަރަދުއެކައުންޓް 1 ގެފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި،ގަވާޢިދުން ފައިސާ ހަވާލުކުރުން.

                     10.    ޕެންޝަން ސްކީމުގެ ލިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ޕެންޝަންފައިސާ ދެއްކުން.

                     11.    އެޑްވާންސް އަށްގެންނަންޖެހޭ ފައިސާ ގެނައުމާއި، އެޑްވާންސްއަށް ގެންނަފައިސާގެ ރިޕޯޓް ތައްޔަރުކުރުން.

                     12.    އެކިފަރާތްތަކަށް ރައްދުކުރުމަށް ލިބޭ ފައިސާގެ ލިޔުންތައް ތައްޔާރު ކޮށްފޮނުވުން.

                     13.    ކްރެޑިޓް ސްކީމާއިބެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

                     14.    މުވައްޒަފުންގެ މުސާރަޝީޓް އާއި، އިތުރުގަޑީގެ ޝީޓްޗެކް ކުރުން.

                     15.    ކައުންސިލް، ކައުންސިލް އިދާރާގެ ފައިސާއާއި ބެހޭ ރިޕޯޓް ތައް ތައްޔާރުކުރުމާއި،ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.

                     16.    ރެވެނިއު އެކައުންޓް 1 އަދި 2 ގެ ހުރިހާ ކަމެއް ބެލެހެއްޓުން.

                     17.    ޓްރަސްޓް އެކައުންޓާއި ބެހޭ މަސައްކަތް ކުރުމާއި،ޓަރަސްޓްފަންޑުގެ ރިޕޯޓްތައްޔާރުކުރުން.

                     18.    އަތޮޅުކައުންސިލް އިދާރާއިން ބަލައިގަންނަފައިސާގެ ލިޔެކިޔުން ފުރިހަމަކޮށް ލިބޭފައިސާ ދުވަހުން ދުވަހަށް ބޭންކަށް

                           ޖަމާކުރުން.

                     19.    އަތޮޅުކައުންސިލް އިދާރާއިން ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި ރަސީދު ދޫކުރުން.

                     20.    އަތޮޅުކައުންސިލަށް ލިބޭ އާމްދަނީއާއި، ފައިސާއާއިބެހޭ ކަންކަންބެލެ ހެއްޓުމާއި، ހިނގާޚަރަދުގެ ރިޕޯޓް ތައްޔާރުކުރުން.

                     21.    ޔުނިޓުން ފޮނުވަންޖެހޭ ލިޔެކިޔުން( މެއިލްކުރަންޖެހޭ ތަކެތި ) މެއިލްކުރުމާއި،  ފެކްސް ކުރުން.

                     22.    އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު ،ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރި ކަންކަމާއި

                            އިންތިޒާމް ތައްކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

                              

                           

 

މަޤާމްގެ ޝަރުތުތައް:            1.     އެކައުންޓިންގ ، ފައިނޭންސް ގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7

                             ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން

                             2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

                     ނުވަތަ

                     2.      އެކައުންޓިންގ ، ފައިނޭންސް ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

                            9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެޤާބިލު        1.     ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު

ފަރާތެއް ހޮވުމަށް ބެލޭނެ       2.     މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

ކަންތައްތައް:             3.     މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:        1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

                     2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                     3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

                           ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                           މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ

                           އަދާކުރާ އޮފީހުގެ ލިޔުން.

                     5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                     (ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި

                           ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ

                            ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ

                           ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ

                           ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން

                           އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                  (ށ)       މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ،

                           ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                  6.        ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

                  7.        ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ

                            ސެޓުފިކެޓުގެ ކޮޕީ.

                  8.         މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                  (ހ)        ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ

                            އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

                             ދޫކޮށްފައިވާ ލިޔުން.

                  (ށ)        އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،

                            ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން

                            ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކުފޯމް.

 

މަޤާމަށް އެދެންވީގޮތާއި           ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ

ސުންގަޑި:                  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10

                       މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް

                       އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]

                       އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ

                       އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް

                      ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ           މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  17 މާރޗް 2019  އާއި 27 މާރޗް 2019

ތަނާއި، މުއްދަތު:              އާއިދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި

                       އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:           މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                     ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ        މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %55

ހުރިހާބަޔަކުން އެންމެދަށްވެގެން        (ފަންސާސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.   

ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

އިތުރުމަޢުލޫމާތު ހޯދުން:            މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                           [email protected] އަށެވެ.

 

19 ޖުމާދަލްއާޚިރާ  1440

24 ފެބުރުވަރީ   2019

24 ފެބުރުވަރީ 2019
ހޯދާ