ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުމީދޫ އައިލަންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނިއުކަން ވަންނަ އުޅަނދުތަކުން ގޭޓްފީ ނެގުމާގުޅޭ

އިޢުލާން

 

ނަންބަރ: WAMCO-ROPS/IUL/2019/015

އައްޑޫސިޓީ ހުޅުމީދޫ  އައިލަންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނިއުކަން ވަންނަ އުޅަނދުތަކުން ގޭޓްފީ ނެގުމާގުޅޭ

2018 މެއި 01 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީ އަދި ޏ. ފުވައްމުލައް ޓްރާންސްފަރ ސްޓޭޝަނަށް ވަންނަ އުޅަނދުތަކުން ގޭޓްފީ ނެގޭނެކަން އަންގާ، 2018 އޭޕްރިލް 22 ވަނަ ދުވަހު މިކޯޕަރޭޝަންގެ ފަރާތުން ކުރެވުނު އިޢުލާން ނަންބަރު: WAMCO-OPS/IUL/2018/013 އާ ހަވާލާދީ ދަންނަވަމެވެ.

އައްޑޫސިޓީ ހުޅުމީދޫގެ އައިލަންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނިއުކާލަން ވަންނަ ހުރިހާ އުޅަނދަކުން، 2019 މާރިޗު 01 ވަނަ ދުވަހުން ފެށިގެން ގޭޓްފީ ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ޚިދުމަތް ހޯއްދަވާ އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތުން ފީ ނެގޭނީ ކުނި ގެންނަ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/100 (ޖީ.އެސް.ޓީ ނުހިމަނައި) ރުފިޔާގެ ރޭޓުންނެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މިކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުއްވުން އެދެމެވެ.

 ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

21 ޖުމާދަލްއާޚިރާ 1440

26 ފެބުރުވަރީ 2019

 

26 ފެބުރުވަރީ 2019
ހޯދާ