ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިސްކޫލްގެ އިޢުލާން ނަންބަރު GS153/IUL/2019/06  އަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

މަޤާމް:                 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:          J-119247

ބޭނުންވާ އަދަދު:           01

މަޤާމުގެ ގިންތި:          ދާއިމީ

މަޤާމުގެ ރޭންކް:           ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:     އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:    އދ.ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

މުސާރަ:               މަހަކު -/4465

ސަރވިސް އެލަވަންސް:      މަހަކު -/1500

އިތުރު އިނާޔަތްތައް:       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                    ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.                                       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސްކޫލްއަށް ހޯދާފައި ހުންނަ ހަރުމުދަލާއި ހިފާގެންގުޅޭ ތަކެތި ސްކޫލްގެ ބޭނުމަށާއި ކުއްޔަށް ގެންދާ ފަރާތްތަކަށް ލިޔެކިޔުން މެދުވެރިކޮށްގެން ދޫކޮށް އަނބުރާ ހޯދައި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. (ސްކޫލްގެ އިމާރާތްތަކާއި، ފަރުނީޗަރާއި، ތައްޓާއި، ފޮއްޗާއި، ހަރުގަނޑާއި، ސައުންޑް ސިސްޓަމް ފަދަތަކެތި ކުއްޔަށް ދޫކުރުމަށް އެއްބަސްވުންތައް އެކުލަވާލުމާއި، ފޮތްތައް ތައްޔާރުކޮށް ފޮތުގައި ލިޔެގެންދޫކުރުން).
  2. އިދާރީ އެހެން މުވައްޒަފުން ޙާޟިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.
  3. ސިޓީ/ މެސެޖް، ބަލައިގަނެ އެންޓަރ ކުރުމާއި، ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން. އަދި އެންޓްރީކުރެވިފައިވާތަކެތީގެ އަސްލާއި ކޮޕީތައް އެހަވާލުކުރައްވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
  4. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގަޔާއި، ކޯކަރިކިއުލަރ ހަރަކާތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  5. ގުގަލް ޝީޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް އަޕްޑޭޓްކުރުން.
  6. ދަރިވަރުންނާއި ބެލެނިވެރިންގެ ގުޅޭގޮތުން ކުރައްވަންޖެހޭ އެންމެހާ މަސައްކަތްކުރުން

ކޮންމެ ޓާރމެއް ނިމުމާއެކު ދަރިވަރުން ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ދަރިވަރުންގެ ޕާރސަނަލް ފައިލް ހެދުން

ސްކޫލް އިން ވަކިވާ ދަރިވަރުންނަށް ލީވިން ސެޓްފިކެޓް ދިނުމާއި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން

ސްކޫލްގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

ބެލެނިވެރިންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުމާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް އެނގުން

ސްކޫލުން ގެޔަށްފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި އެދަރިވަރުންގެ ގެޔަށްފޮނުވުމާއި ގުޅޭގޮތުން މަސައްކަތްތައް ކުރުން. އަދި ދަރިވަރުންގެ ކަންކަމާއި ގުޅިގެން ބެލެނިވެރިންނަށް ގުޅަންޖެހިއްޖެ ހާލަތެއްގައި އެކަމެއްކުރުން.

 

  1. ސްކޫލްގެ ސްޓޮކަށް ބޭނުންވާނެ ތަކެއްޗާއި ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި މާލިއްޔަތު ފައިނޭންސް ސެކްޝަނުގެ އެހީތެރިކަމާއެކު ހޯދައި ސްޓޮކް ބެލެހެއްޓުން.

ސްކޫލްގެ ކިޔަވާދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ބަޖެޓްސެކްޝަނާއިހަވާލުކުރުން

އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގެނެވޭ ތަކެތި ދުވަހުން ދުވަހަށް ސްޓޮކް ބާކީގައި ލިޔުން.

ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކް ބާކީން އުނިކޮށް އެމުވައްޒަފަކު ލައްވާ ސޮއިކުރުވުން.

ސްޓޮކް ބާކީ އަބަދުވެސް ސީދާކޮށް ބެހެއްޓުން

 

  1. ދަރިވަރުންގެ ޓެކްސް ފޮތްތަކާއި ގުޅުންހުރި ކަންކަން ރާވައި އިންތިޒާމްކޮށް ހިންގުން.

ފައިނަލް ޓާމް ޓެސްޓްތައް ނިމުން ގްރޭޑް ބަދަލުވާ ދަރިވަރުންގެ ޓެކްސްފޮތްތައް ސްކޫލަށް ގެނައުން

ހަލާކުވެފައި/ކުރަހާފައިހުންނަ ފޮތްތަކަށް އަގުނެގުން.

އަލަށް ބޭނުންވާ ފޮތުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވައި ފޮތްތައް ލިބުމުން ދަރިވަރުންނަށް ފޮތް ދޫކުރުން

ފޮތްތަކުގެ ރަޖިސްޓްރީ ކޮންމެ އަހަރަކުވެސް އަޕްޑޭޓްކުރުން

 

  1. އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

 

  1. ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން އިންވެންޓްރީއަށް އަރުވަންޖެހޭތަކެތި ،ޚަރަދު ކުރުމަށް ހުއްދަ ދިނުމުގެ ކުރިން އިންވެންޓްރީއަށް އެރުވުން.އެގޮތުން ތަނަށް ގަންނަ ނުވަތަ ހަދިޔާ ގެ ގޮތުގައިލިބޭ ހުރިހާ މުދަލެއްވެސް އިންވެންޓްރީ ފޮތުގައި ލިޔެ ބަލަހައްޓަށް ވާނެއެވެ. އިވެންޓްރީ ފޮތުގައި ތިރީގައިވާ މަޢުލޫމާތު ހުންނަށްވާނެއެވެ.
  2. ބިދޭސީ ޓީޗަރުންގެ ރިޒަވޭޝަނާ ގުޅުންހުރި މަސައްކަތައް އެޑިއުކޭޝަންގެ ސެކްޝަންތަކާއި ގުޅިގެން ކުރުން.

ބިދޭސީންގެ ސެޓްފިކެޓްތަކާއި، ޕާސްޕޯޓްތައް ހޯދައި ފައިލްކުރުމާއި ސޮޕްކޮޕީ ބެލެހެއްޓުން.

ވަޒީފާގެ އެއްބަސްވުން

ބިދޭސީންނާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މިނސްޓްރީން ހޯދުމާއި މިނިސްޓްރީއަށް ފޮނުވުން.

 

  1. ބެލެނިވެރިންނާއި މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ދުވަހު ޔައުމިއްޔާ ދުވަހުންދުވަހަށްލިޔެ ތައްޔާރުކޮށް ފައިލްކުރުން.

މުވައްޒަފުންގެ ބައްދަލުވުންތަކަށް ދެންނެވުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠު:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން' ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭ ބައިތައް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

35

35

40

މަސައްކަތުގެ ދާއިރާ އާއި ގުލޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިހާން

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަވިއު/ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

210

100

100

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މާރިޗު 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އދ.ހަންޏާމީދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019  މާރިޗު 07 ވަނަ ދުވަހާއި 2019  މާރިޗު 11 ވަނަ ދުވަހާ ދެމެދު އދ.ހަންޏާމީދޫ ސްކޫލުގައެވެ.

 

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680837 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

21  ޖުމާދަލްއާޚިރާ 1440

                             26 ފެބުރުވަރީ 2019

 

                      ޖޯރޖް ތޯމަސް 

ޕްރިންސިޕަލް 

                                                   

26 ފެބުރުވަރީ 2019
ހޯދާ