މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ޓެކްނީޝަންގެ މަޤާމް

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ބޮޑުތަކުރުފާނު މަގު،

ނ.މަނަދޫ

 

                                                    (IUL)228-AB/228/2019/4ނަންބަރ

އިޢުލާނު

މަޤާމް                     ކޮމްޕިޔުޓަރ ޓެކްނީޝަން

މަޤާމްގެ ނަންބަރު:             J-284987

ބޭނުންވާ އަދަދު:              1

މަޤާމްގެ ގިންތި:              ދާއިމީ

މަޤާމްގެ ރޭންކް:              MS1

މަޤާމްގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:                 އެޑްމިން އެޗް އާރ އެންޑް އިންފޮރމޭޝަން ޔުނިޓް

މަޤާމް އޮތް އޮފީސް:            މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:         މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:                   -/5610 (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:          -/2000 (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:       -/900 (ނުވަސަތޭކަ ރުފިޔާ) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް

                           ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ގެ ކޯ ޑިސިޕްލިންގ އަކީ

                           އިންފޮރމޭޝަން ޓެކްނޮލޮޖީ)

 

އިތުރު އިނާޔަތްތައް:           1.     ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                      2.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                      3.     ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

                      4.     މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:                1.     އަތޮޅުކައުންސިލްގެ ވެބްސައިޓް މެއިންޓަނަންސްކުރުމާއި ޑޮމައިން ކޮންޓްރޯލްކުރުން.

                      2.     އަތޮޅުކައުންސިލް އިދާރާގެ ލޯކަލްއޭރިޔާ ނެޓްވޯރކް ކޮންފިގަރ ކުރުމާއިގުޅޭ އެންމެހާ ކަންކަންކުރުން.

                      3.     އަތޮޅުކައުންސިލްއިދާރާގެ ސަރވަރ އަޕްޑޭޓްކުރުމާއި، އިންޓަރނެޓް އަދި ޑޭޓާބޭސް، ޑޮކިޔުމެންޓް މެނޭޖަރ

                            ބެލެހެއްޓުން.

                     4.      އިދާރާއަށް ބޭނުންވާ ސޮފްޓްވެއަރ ހޯދުމާއި ހޯދޭ ސޮފްޓްވެއަރގެ ޑޭޓާބޭސް ރައްކާތެރި ކަމާއެކު ބެލެހެއްޓުން.                                 

                     5.      އީ ގަވަރމަންޓް ނިޒާމް (ޖެމްސް) އާއި ބެހޭ ކަންކަން ކުރުމާއި ބެލެހެއްޓުން.

                     6.      އަތޮޅުކައުންސިލް އިދާރާގެ ފޯނު ނެޓްވާރކުގައި ދިމާވާ މައްސަލަތައް ޚިދުމަތް ދޭ ފަރާތާއި ގުޅައިގެން

                             ހައްލުކުރުން.

                     7.      އިދާރާގެ ކޮމްޕިޔުޓަރ ތަކާއިބެހޭ އެންމެހާކަންކަން (އިންސްޓޯލްކުރުމާއި، ފޯމެޓްކުރުން، މަރާމާތުކުރުން

                            ފަދަ) ކުރުމާއި ބެލެހެއްޓުން.

                     8.      އަތޮޅުގެރަށު ކައުންސިލް އިދާރާތަކުން އެދޭ އިންފޮރމޭޝަން ޓެކްނޮލޮޖީ އާއިބެހޭ ކަންކަމުގައި އެހީތެރިވުން.

                     9.      އަތޮޅުކައުންސިލްގެ އިދާރާއަށް އައިޑީކާޑު ހަދަން އަންނަ ފަރާތްތަކަށް އައިޑީކާޑު ހަދައިދިނުމުގައި

                            އެހީތެރިވުން.

                     10.     އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީ މަސައްކަތުގެ ތެރެއިން ހަވާލު

                            ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމްގެ ޝަރުތުތައް:            އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ

                        6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެޤާބިލު        1.     ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު

ފަރާތެއް ހޮވުމަށް ބެލޭނެ       2.     މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

ކަންތައްތައް:             3.     މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:       1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

                     2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                     3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

                           ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                           މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ

                           އަދާކުރާ އޮފީހުގެ ލިޔުން.

                     5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                     (ހ)     މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި

                            ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ

                            ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ

                            ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ

                            ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން

                            އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                  (ށ)        މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ،

                            ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                     6.      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

                     7.      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ

                            ސެޓުފިކެޓުގެ ކޮޕީ.

                     8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                     (ހ)    ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ

                           އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

                           ދޫކޮށްފައިވާ ލިޔުން.

                     (ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،

                           ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން

                           ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކުފޯމް.

 

މަޤާމަށް އެދެންވީގޮތާއި          ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ

ސުންގަޑި:                 ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10

                      މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް

                     އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]

                     އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ

                     އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް

                      ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ          މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  17 މާރޗް 2019  އާއި 25 މާރޗް 2019

ތަނާއި، މުއްދަތު:             އާއިދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި

                     އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:             މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                        ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ             މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45

ހުރިހާބަޔަކުން އެންމެދަށްވެގެން            (ސާޅީސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.    

ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

އިތުރުމަޢުލޫމާތު ހޯދުން:           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                           [email protected] އަށެވެ.

 

19 ޖުމާދަލްއާޚިރާ  1440

24 ފެބުރުވަރީ   2019

24 ފެބުރުވަރީ 2019
ހޯދާ