ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

 މަޤާމް:            އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:      J-230252    

ބޭނުންވާ އަދަދު:       01 (އެކެއް)

މަޤާމުގެ ގިންތި:       ދާއިމީ

މަޤާމުގެ ރޭންކް:       ޖީ. އެސް 3 

މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1 

 ސެކްޝަން:         އެޑްމިން ސެކްޝަން

މަޤާމް އޮތް އޮފީސް:    ރ. ދުވާފަރު ޕްރައިމަރީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. ދުވާފަރު ޕްރައިމަރީ ސްކޫލް

 މުސާރަ :          -/4465ރުފިޔާ

ސަރވިސް އެލަވަންސް:   -/1500ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:  700.00ރުފިޔާ

އިތުރު އިނާޔަތްތައް:    1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

               2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

               3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ނިކުތުމަށް ހަމަޖައްސަވާފައިވާ ސެޝަނަށް ޙާޟިރުވެ ސޮއި ކުރުންމަށްފަހު ލައިބްރަރީއާ  ގުޅުންހުރި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްކުރުން.
  2. ލައިބްރަރީއަށް އެތެރެވާ (ހޯދާ) ދިވެހި، އިނގިރޭސި ބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓެލޮގްތައް ސެލޯފޭން ލައްވާ ޤަވާޢިދުން އެންޓަރކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމާއި ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ، ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
  3. ފޮތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ސްކޫލްގެ އިދާރާއާއި / މަސައްކަތާއި ގުޅޫގޮތުން ރިޕޯރޓްކުރަންޖެހޭ ފަރާތާއި މަޝްވަރާކޮށް އެކަމެއް ނިންމުން.
  4. އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުމާއި ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލްގެ ނުވަތަ ލައިބްރަރީގެ ރަސްމީ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރުން.
  5. ލައިބްރަރީގައިވާ ހަރުގަނޑުތަކާއި، ފޮތްތައް ފޮޅާ ސާފުކުރުން. އެގޮތުން މަދުވެގެން ހަފްތާއަކު 1 ފަހަރު މަސައްކަތު މީހުން ލައްވާ ހިރަފުސްފޮޅުމާއި ލައިބްރަރީ ހަރުގަނޑުތަކުގައިވާ ފޮތްތައް، އިންތިޒާމުނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ކޮށް ނިންމުމަށް މަސައްކަތްކުރުން.
  6. ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކި އެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވާ ހިންގުމާއި ލީޑިންގ ޓީޗަރުންނާއި، މުދައްރިސުންނަށް އެހީތެރިވުން.
  7. ދަރިވަރުން އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އަދި އަނބުރާދައްކާ ފޮތްތައް ޤަވާޢިދުން ބަލައިގަނެ، އެކަންކަމުގެ ފުރިހަމަ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި ދަރިވަރުން ފިޔަވައި އެހެންފަރާތަކުންވެސް ފޮތެއްގެންދިޔަސް އެ އުޞޫލުން ޢަމަލުކުރުން.
  8. ލައިބްރަރީގައި ކުދިންތިބޭއިރު އެކުދިންނަށް ބޭނުންވާ ފޮތްހޯދާދިނުމުގައާއި ފޮތްކިޔާ ނިމުމުން އެފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނަށް އެހީތެރިވުމާއި ލައިބްރަރީއަށް އަންނަދަރިވަރުންގެ އެހެނިހެން ހަރަކާތްތައް ހުންނަގޮތްވެސް ބެލުން.
  9. ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއެޅުމާއި އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުމުގެ އިތުރުން ލައިބްރަރީގެ ޤަވާޢިދުތަކާއި އުޞޫލުތައް އިދާރާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ލިޔެ އެންމެންނަށް ފެންނާނޭހެން ލައިބްރަރީ ނޯޓިސްބޯޑުގައި ބެހެއްޓުން.
  10. ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.
  11. ލައިބްރަރީގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތައް ލައިބްރަރީ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ސްކޫލްގެ ވެރިއެއްގެ ޙާޟިރުގައި ބޭއްވުމަށް މަސައްކަތްކުރުން. މިގޮތުން ބާއްވާ  ބައްވާބައްދަލުވުންތަކުގެ މަޢުލޫމާތު ސްކޫލް ހިންގުމާ ހަވާލުވެހުންނަ އިސްވެރިއަކަށް ދިނުން.
  12. ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ލައިބްރަރިގައި ނެގޭ ގަޑިތަކާއި ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމާއިބެހޭ ސްޕަވައިޒަރަކަށް ނުވަތަ އިސްވެރިއަކަށް އެންގުމާއި ލައިބްރަރީގައި އިން ދަރިވަރެއްގެ ފަރާތުން ޤަވާޢިދާއި ޚިލާފް ކަމެއްފެނިއްޖެނަމަ އެކަމެއްވެސް ނޯޓްކޮށް އެދަރިވަރެއްގެ ލީޑިންގ ޓީޗަރަށް އެންގުން.
  13. އަނބުރާ ދައްކާގޮތަށް ދޫކުރެވޭފޮތްތައް މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ އެފަރާތަކަށް އެކަން އަންގާ ފޮތްހޯދުމާއި ކޮންމެ ތަޢުލީމީ އަހަރެއްނިމި، ބިދޭސީ ޓީޗަރުން ޤައުމަށް ދުވާފަރުން ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުމުގެ އިތުރުންވެސް ތަޢުލީމީ އަހަރު ނިމި ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރަކު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުން.
  14. ނަމްބަރ 13ގައިވާ ކަމަކާއި ގުޅިގެން މަސްއަލައެއް ދިމާވެއްޖެނަމަ ވަޤުތުން އެކަން އިދާރާއަށް އެންގުން.
  15. ރަސްމީ ގަޑީގެ އިތުރަށް، ސްކޫލްގައި ހިންގާ އެހެނިހެން ހަރަކާތްތަކަށްވެސް ކަނޑައަޅާ ގަޑިތަކަށް ޙާޟިރުވުން.

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދައިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުނ 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީއަށް އެދޭ ފޯރމް. ( މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ސައިޓުން އަދި މިސްކޫލުންވެސް ލިބޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ އަޢުލީމުދޭމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ)  މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

  (ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްދައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

- ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 މާރިޗް 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ދުވާފަރު ޕްރައިމަރީ ސްކޫލު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 މާރިޗް 7 ން މާރިޗް 10 އާއި ދެމެދު ގެ ތާރީޚެއްގައި ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތްތައް ބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45 ލިބެންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:   މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6582703 ނަންބަރު ފޯނާއެވެ.  

25 ފެބުރުވަރީ 2019
ހޯދާ