ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީކައުންސިލްގެ އިދާރާގެ ވެބްސައިޓްހެދުން

ބުރުނީ އަތޮޅުކައުންސިލްގެ އިދާރާގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ މިއިދާރާއިން ކޮށްފައިވާ ނަމްބަރ (IUL)382/382/2019/13 ( 20 ފެބުރުވަރީ 2019 ) އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ

ވެބްސައިޓް ހެދުމާބެހޭ މައުލޫމާތު ދިނުމުގެ އާއްމު ބައްދަލުވުމެއް 28 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާއިގައި އޮންނާނެއެވެ. ނަމަވެސް މިބައްދަލަވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކަށްވެސް އީމެއިލް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށް ދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

  •  އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 07 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 13:00 ގައެވެ.

             ވެބްސައިޓް ހެދުމާބެހޭގޮތުން ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހިސާބު  ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާތީ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚްގެ ވަގުތު ޖެހުމުގެ ކުރިން މިއިދާރާގެ [email protected]  އީމެއިލަށް ( އިދާރާގެ ފޯނު ނަމްބަރު 6780038 ) ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ފޮނުއްވާ މެއިލްތައް މިއިދާރާއަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަކީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތެއްގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީ ހިސާބު ހުށަހަޅާ ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   16 ޖުމާދުލްޢާޚިރާ 1440

                   21 ފެބުރުވަރީ   2019

21 ފެބުރުވަރީ 2019
ހޯދާ