މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
Request for Expression of Interest for Public Awareness and Community Capacity Building (PACCB) Consultant for the Greater Male Environmental Improvement and Waste Management Project - Phase 1

 

ޕަބްލިކް އެވެއަރނަސް އެންޑް ކޮމިއުނިޓީ ކެޕޭސިޓީ ބިލްޑިންގް ކޮންސަލްޓަންޓް (ފާރމް) ފޮރ ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް- ފޭސް 1

 

1. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ އެންވަޔަރަންމަންޓް މެނޭޖްމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް: ފޭސް1ގެ ދަށުން ޕަބްލިކް އެވެއަރނަސް އެންޑް ކޮމިއުނިޓީ ކެޕޭސިޓީ ބިލްޑިންގް ކޮންސަލްޓަންޓް(ފާރމް)- ފޭސް 1ގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޮވުމަށް ކުރެވުނު އިއުލާނު ނަންބަރު (IUL)13-K/13/2019/15ގައިވާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ މުއްދަތު 4 މާރިޗު 2019އަށް އިތުރުކޮށް، މިމަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިވަރެންސް (ޓީ.އޯ.އާރް)  އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.

3. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭ.ޑީ.ބީ އިން ތައްޔާރުކުރެވިފައިވާ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވާރސް 2017 އާއި އެއްގޮތަށް ކުއަލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.

4. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

5. ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސް ހުށަހަޅަންވާނީ، އޭޑީބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސް ރެކްރޫޓްމަންޓް ނޯޓިސް(ސީ.އެސް.އާރ.އެން) ވެބްސައިޓް (http://csrn.adb.org) އިންނެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓްގެ ހާޑް ކޮޕީ އާއި މިނޫން ގޮތަކަށް ހުށަހެޅޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ބަލައެއްނުގަނެވޭއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 މާރިޗު 2019ވާ ހޯމަ ދުވަހުގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. 

 

އަހުމަދު މުޖުތަބާ
ޗީފްޕްރޮކިއުމަންޓް އެގްޒެކެޓިވް 
ނެޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް 
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3349101، 3349106
އީމެއިލް އެޑްރެސް:[email protected]
       [email protected]
 
 

 

18 ފެބުރުވަރީ 2019
ހޯދާ