މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރ

މަޤާމް:

ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރ

ބޭނުންވާ އަދަދު:

01

އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

54,142 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  • އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއި އެކު ޕައިލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 9 އަހަރުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  • ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު ޕައިލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  • އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސްގެ ދަށުން އެއަރކްރާފްޓުގެ މެއިންޓަނަންސް ރިލީޒް ކުރުމާއި ސެޓިފައިކުރުމުގެ 10 އަހަރުގެ ތަޖުރިބާ ހުރުމާއެކު  އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން

ނުވަތަ

  • އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސް-ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމާއެކު  ބެޗެލަރ އޮފް އިންޖިނިއަރިން ގެ އިތުރުން އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން "ސީ" ފާސް ލިބިފައިވުމާއެކު ސަރޓިފައި ކުރުމުގެ 5 އަހަރުގެ ތަޖުރިބާ ހުރުމާއެކު، އެއާވާދިނަސް އިންސްޕެކްޓަރ ކޯސް އަދި މަސައްކަތާ ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންތައް ފުރިހަމަކޮށްފައިވުން

ނުވަތަ

  • މާސްޓަރ އޮފް އިންޖިނިއަރިން ޑިގްރީ އިން އެއާނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އެލެކްޓްރިކަލް އެންޑް އެލެކްޓްރޯނިކްސް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު އޭވިއޭޝަން  އިންޑަސްޓްރީގެ މެއިންޓެނަންސް ދާއިރާގައި 5 އަހަރުގެ ތަޖުރިބާ ހުރުމާއެކު، މަސައްކަތާ ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންތައް ފުރިހަމަކޮށްފައިވުން

ނުވަތަ

  • ބެޗެލަރ އޮފް އިންޖިނިއަރިން/ސައެންސް ޑިގްރީ (ބެޗެލަރސް ޑިގްރީ) އިން އެއާކްރާފްޓް މެއިންޓެނަންސް/ އެއާނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އެލެކްޓްރިކަލް އެންޑް އެލެކްޓްރޯނިކްސް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު އޭވިއޭޝަން އިންޑަސްޓްރީގެ މެއިންޓެނަންސް ދާއިރާގައި 5 އަހަރުގެ ތަޖުރިބާ ހުރުމާއެކު، މަސައްކަތާ ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންތައް ފުރިހަމަކޮށްފައިވުން

ނުވަތަ

  • އޭ ޓީ ސީ ލައިސަންސްއެއް 3 ރޭޓިންގް އާއި އެކު ލިބިފައި އޮތުން އަދި އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވާތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު މަދުވެގެން 8 އަހަރު ދުވަހު އެއަރ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތައް ތަހުގީގުކުރުމަށްޓަކައި އެކްސިޑެންޓް ހިނގި ތަނަށްގޮސް، އެކްސިޑެންޓާގުޅުންހުރި ހެކި ހޯދުމާއި، ވެރިފައިކުރުމާއި، އެނަލައިޒްކުރުމާއި، އިވެލުއޭޓްކުރުން. މިގޮތުން އެކްސިޑެންޓާއި ގުޅިގެން އިންޓަރވިއުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  2. އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ (އޭ.އައި.ސީ.ސީ) އަށް ބޭނުންވާ އިންވެސްޓިގޭޝަން މަސައްކަތްކުރުން.
  3. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތަކުގެ ތަހުގީގީ ރިޕޯޓުތައް އޭ.އައި.ސީ.ސީ ގެ ޕޮލިސީ އާއި ޕްރޮސީޖަރއާއި އެއްގޮތަށް ތައްޔާރުކުރުން.
  4. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓް އަދި އިންސިޑެންޓްތައް ހިނގަންދިމާވާ ސަބަބުތައް ހޯދައި ބެލުމަށްޓަކައި ތަޙްޤީޤުކުރުން.
  5. ޕޮއިންޓް ނަންބަރު 4 ގައި ބަޔާންކޮށްފައިވާ ތަޙްޤީޤުތަކާގުޅިގެން އަޅަންޖެހޭ ސަލާމަތީ ރައްކާތެރި ފިޔަވަޅުތަކާއި ބެހޭގޮތުން އޭ.އައި.ސީ.ސީ އަށް ލަފާދިނުން.
  6. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް.އޯޕީތަކުގައިވާ ގޮތުގެ މަތިން އިންސްޕެކްޓަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާ އަދާކުރަމުން ގެންދިއުން.
  7. އެކްސިޑެންޓް ތަކާއި ގުޅޭގޮތުން، ކޮމިޓީގެ ޗެއާރޕާސަން ބޭނުންފުޅުވާ އެންމެހާ އިންވެސްޓިގޭޝަންއާ ގުޅޭ މަސައްކަތްތައް ބަލަހައްޓާ ކުރުން.

މިނޫންވެސް ސެކްޝަނުގެ އިސްވެރިޔާގެ ބެއްލެވުމުގެ ދަށުން ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.

 

17 ފެބުރުވަރީ 2019
ހޯދާ