އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު ( މިސްކިތްތަކަށް)

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ ނަންބަރު  (IUL)426-CB/426/2019/23  ޢިއުލާނުގައި ބަޔާންކޮށްފައިވާ މަޤާމުގެ ޝަރުތާއި މަސްއޫލިއްޔަތު އިސްލާހުކުރުމާއި ގުޅިގެން މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ ޢަދަދު

  • 08 (އަށެއް) – ހިތަދޫ އަވަށުގެ މިސްކިތްތަކަށް
  • 08 (އަށެއް) – މަރަދޫ އަވަށުގެ މިސްކިތްތަކަށް
  • 03 (ތިނެއް) – މަރަދޫފޭދޫ އަވަށުގެ މިސްކިތްތަކަށް
  • 03 (ތިނެއް) – ފޭދޫ އަވަށުގެ މިސްކިތްތަކަށް
  • 07 (ހަތެއް) – ހުޅުދޫ އަވަށުގެ މިސްކިތްތަކަށް
  • 09 (ނުވައެއް) – މީދޫ އަވަށުގެ މިސްކިތްތަކަށް

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ ( 31 ޑިސެންބަރު 2019 ގެ ނިޔަލަށް )

ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ހިތަދޫ އަވަށު އޮފީސް، ހިތަދޫ / އައްޑޫ  (ހިތަދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
  • މަރަދޫ އަވަށު އޮފީސް، މަރަދޫ / އައްޑޫ (މަރަދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
  • މަރަދޫފޭދޫ އަވަށު އޮފީސް، މަރަދޫފޭދޫ / އައްޑޫ (މަރަދޫފޭދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
  • ފޭދޫ އަވަށު އޮފީސް، ފޭދޫ / އައްޑޫ (ފޭދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
  • ހުޅުދޫ އަވަށު އޮފީސް، ހުޅުދޫ / އައްޑޫ (ހުޅުދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
  • މީދޫ އަވަށު އޮފީސް، މީދޫ / އައްޑޫ (މީދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)

މުސާރަ

3100/- ރުފިޔާ

ސަރވިސް އެލަވަންސް

1000/- ރުފިޔާ

އެހެނިހެން އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އާއި ބަންދު ދުވަހުގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރެވޭ މިސްކިތެއް / މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން.
  3. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން. އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން.
  4. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށުމާއި ސާފުކޮށްބަލަހައްޓައި، ގަސްތަކަށް ފެންދީހެދުން.
  6. މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި ދިޔަދޮވި ސާފުކުރުންފަދަ މަސައްކަތްކުރުން.
  7. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  8. މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

  • ޢުމުރުން 65 އަހަރުވެފައިވާ މީހަކު ކަމުގައިނުވުން.
  • ލިޔަންކިޔަން އެނގުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، ސިއްހަތު ރަނގަޅު މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބުރުވަރީ 2019 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، އެ އަވަށެއްގެ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ފެބުރުވަރީ 21 އާއި 2019 ފެބުރުވަރީ 23 އާ ދެމެދު، އައްޑޫސިޓީ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސްތަކުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6888820 ނަންބަރު ފޯނާއެވެ.

08 ޖުމާދަލްއާޚިރާ 1440

13 ފެބުރުވަރީ 2019
ހޯދާ