މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތް ޑިޒައިން ކުރާފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލަށް ބަދަލު ގެނައުން

ޢިމާރާތް ޑިޒައިން ކުރާފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލަށް ބަދަލު ގެނައުން

މި މިނިސްޓްރީގެ އިޢުލާން ނަންބަރު:(IUL)138-ES1/138/2013/58 (31 ޑިސެންބަރު 2013) އިޢުލާނާ ގުޅިގެން ބިލްޓް އެންވަޔަރަންމަންޓުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި އިމާރާތް ޑިޒައިންކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި ހުށަހެޅުނު އިޞްލާޙުތަކާއެކު މިހާރު ޢަމަލު ކުރަމުންދާ ޢިމާރާތް ޑިޒައިންކުރާ ފަރާތްތަކުގެ ގިންތިތަކަށް ބަދަލު ގެނައުމާއެކު ރަޖިސްޓަރީ ކުރުމުގެ އުސޫލުތަކަށް ބަދަލުގެނެސް، އަލުން ރަޖިސްޓަރީކުރުމަށް މި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޢިމާރާތުގެ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތަކުގެ ގިންތިތަކަށް ބަދަލުގެނައުމާއެކު ޗެކްކުރާ ފަރާތްތައް ރެޖިސްޓަރ ކުރުމަށް މި އުސޫލުގައި ކަނޑައަޅާފައެވެ.

އައު އުސޫލާ އެއްގޮތަށް ރަޖިސްޓަރީ ކުރުމަށް އެޕްލިކޭޝަން ފޯމު ބަލައިގަންނަން ފަށާނީ 3 ފެބުރުވަރީ 2014 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ޢިމާރާތް ޑިޒައިންކުރާ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ހުއްދައަށް ޢަމަލު ކުރާނީ 1 މާރިޗު 2014 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން 2 މާރިޗު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން ޢަމަލު ކުރާނީ އަލަށް އެކުލަވައިލެވުނު ޢިމާރާތުގެ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތަކާއި ޗެކްކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލަށެވެ.

އަލަށް އެކުލަވައިލެވުނު ޢިމާރާތުގެ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތަކާއި ޗެކްކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލާއި އަދި އެއާ ގުޅޭ ލިޔުންތައް މި މިނިސްޓްރީގެ  ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން އެދޭނަމަ 3004324/ 3004182 ނަންބަރުން މަޢުލޫމާތު ލިބޭނޭ ވާހަކަ ދަންނަވަމެވެ.

22 ރަބީޢުލްއައްވަލް 1435

23 ޖަނަވަރީ 2014
ހޯދާ