ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓު ޢިމާރާތުގެ ސީލިންގ މަރާމާތުކުރުން

މިކޯޓުގެ އިމާރާތުގެ ބޭރުގެ ވަށައިގެންހުރި ސީލިން މަރާމާތްކުރުމުގެމަސައްކަތް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދިނުމަށްއެދޭ ފަރާތްތަކުން، 2019 ފެބްރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 އަށް މިކޯޓަށް، (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ފެބްރުއަރީ 26 ވާ އަންގާރަ ދުވަހުގެ ހެދުނު، 10:00 އަށް މިކޯޓަށް (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރެއްވުމަށާއި، އަދި އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވަނީ، ކުންފުންޏަކުން ކަމަށްވާނަމަ އެކަން އެގޭނެ ރަސްމީލިޔުމަކާއި، އަދި އެކުންފުނީގެ ފަރާތުން މަޢުލޫމާތު ސާފްކުރެއްވުމަށް ނުވަތަ އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު އެނގޭނެ ކުންފުނީގެ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

06 ފެބުރުވަރީ 2019
ހޯދާ