ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ގޮފިތަކުގައި 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައިވާ ކޯސްތައް ހިންގުމަށް ހަމަޖހިފައިވެއެވެ.

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ގޮފިތަކުގައި 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައިވާ ކޯސްތައް ހިންގުމަށް ހަމަޖހިފައިވެއެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        8 ހަފްތާ

ޖާގަ:          30

  • މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށި، އދ. މާމިގިލި، ގދ. ގައްދޫގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       1 (އެކެއް) ސެމިސްޓަރ

ޖާގަ:          30

  • މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށި، އދ. މާމިގިލީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.

           2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       1  އަހަރު ( 2 ސެމިސްޓަރ )

ޖާގަ:          30

  • މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށި، އދ. މާމިގިލީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.

ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       2 ސެމިސްޓަރ

ޖާގަ:          30

  • މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.

 

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ  ކޯސް

ޝަރުޠު:       1- ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       6 ސެމިސްޓަރ

ޖާގަ:          30

  • މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ފުވައްމުލަކު ސިޓީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.

 

      ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ފެބުރުވަރީ 13 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒާއި، ގޮފިތައް ނިސްބަތްވާ ކައުންސިލް ތަކަށް ސިޓީފޮނުއްވުން އެދެމެވެ.

05 ފެބުރުވަރީ 2019
ހޯދާ