ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ވަށައިގެން ގޮނޑުދޮށާއި މޫދަށް ކުނި ނޭޅުން

ރަށުގެ ވަށައިގެން ގޮނޑުދޮށާއި މޫދަށް ކުނި ނޭޅުން

 

1. ކުނިއުކާލުމާއި، ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 3 ވަނަ މާއްދާގައިވާގޮތުން ނިލަންދޫގައި އުފައްދާ އަދި އުފެދޭ ކުނި ޖަމާކުރަންޖެހެނީ ކުނި އުކުމާއި ކުނި ނައްތާލުމަށް ޚާއްޞަކޮށްފައިވާ، ކުނިކޮށްޓަށެވެ.

 

2. ކުނިއުކާލުމާއި، ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ނިލަންދޫގައި އުފައްދާ އަދި އުފެދޭ ކުނި، ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ކުނި އެޅުމަކީ މަނާކަމެކެވެ.

 

3. މަހުގެ ކަރުގޮހޮރާއި މަސްކަށިފަދަ ތަކެތި އުކާލުމަށް ހަމަޖައްސާފައިވާނީ، ހުޅަނގު ދުވަހު، އިރުމަތީ ބަނދަރުގެ ނެރުގެ އިރު ދެކުނަށް  ފަޅުންފެށިގެން 200 ފޫޓު ބޭރަށެވެ. އިރުވައި ދުވަހު، އައްދަށު ހުރަހުނީގެ ހުޅަނގު ފަރާތަށެވެ.

 

ނަމަވެސް މި އުޞޫލާ ޚިލާފަށް ރަށުގެ ބައެއް ސަރަޙައްދުތަކުގެ ގޮނޑުދޮށާއި މޫދަށް ކަރުގޮހޮރާއި މަސްކަށި އަޅަމުން ގެންދާކަން މިއިދާރާއަށް އެނގިއްޖެއެވެ.

 

ވީމާ، ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުޞޫލާ ޚިލާފަށް ރަށުގެ އެއްވެސް ސަރަޙައަކަށް އެއްވެސް ބާވަތެއްގެ ކުނި އުކާނުލުމަށާއި، މި އުޞޫލާ ޚިލާފަށް ކުނި އުކާލާ ފަރާތްތަކާމެދު ޤަވާޢިދުން ފިވަޔަވަޅު އަޅާނެކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރަމެވެ. 

23 ޖުމާދަލް އޫލާ  1440

29 ޖަނަވަރީ     2019

29 ޖަނަވަރީ 2019
ހޯދާ